ކުޑަގިރި އަކީ އެންމެންނަށް ހިތްފަސޭހަކަމާ އެކީ ޗުއްޓީ ހޭދަކޮށްލެވޭ ރަށަކަށް ހަދައި ދިނުމަށް ރައީސް އިބްރާޙިމް މުހައްމަދު ސޯލިހު އިލްތިމާސް ކުރައްވައިފިއެވެ.

Ads by Asuru

އެ ރަށް ރަސްމީކޮށް ހުޅުވުމުގެ މިއަދު ބޭއްވި ރަސްމީއްޔާތުގައި ރައީސް ވަނީ ރަށަށް ދުވަސްވީ މީހުންނާއި ކުޑަކުދިންނާއި އާއިލާތައް އަންނާނެ ކަން ފާހަގަ ކުރައްވައިފަ އެވެ. އެގޮތުން އައިލާއެއްގެ ހިމެނޭ ހުރިހާ އެންމެން ކޮންމެ ދުވަހަކުހެން ޗުއްޓީ ހޭދަކުރުމަށް އެ ރަށަށް އަންނާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

މިއާއެކު އެންމެންނަށް ހިތްފަސޭހަކަމާ އެކީ ވަގުތު ހޭދަކުރެވޭ ރަށަކަށް ކުޑަގިރިވުމަކީ މުހިއްމު ކަމެއް ކަމަށާއި އެކަމަށް ހުރިހާ އެންމެން ވެސް މަސައްކަތްކޮށް ދިނުމަށް އިލްތިމާސްކުރެއްވިއެވެ.

ރަށުގެ ސެކިއުރި ޓީއާއި ޚިދުމަތް ދިނުމަށާއި ގިނަ ސްޓާފުންތަކެއް އެޗްޑީސީން އައްޔަންކޮށްފައި ތިބި ކަމަށް ވިޔަސް ރަށް ސާފުތާހިރުކޮށް އަދި އަމާންކަމާއި އެކު އޮންނާނީ، ރަށަށް ޒިޔާރާތް ކުރާ މީހުން ވެސް އަމިއްލަ ފަރުދުންގެ ހައިސިއްޔަތުން ސަމާލުކަން ދީގެން ކަމަށް ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ ކުޑަގިރި އަށް ދަތުރު ދާ މީހުންނަށް ދޭ ޚިދުމަތްތައް ބަލަހައްޓައި ކުރިއަރުވައި އެކަށީގެންވާ ގޮތަށް ކުރިއަށް ގެންދަންވާނެ ކަމަށް ޤަބޫލު ކުރައްވާ ކަމަށް ވިދާޅުވިއެވެ.