އުރީދޫގެ އޮންލައިން ޝޮޕް މޫލީ މެދުވެރިކޮށް ބޭނުން މީހަކަށް ހަދިޔާ ފޮނުވޭ ”ސްވީޓް ސަޕްރައިޒް“ ޕްރޮމޯޝަން ފަށައިފިއެވެ.

Ads by Asuru
އެ ޕްރޮމޯޝަނުގައި ހިމެނޭ ހާއްސަ ހަދިޔާތައް ރާއްޖޭގެ ކޮންމެ ހިސާބެއްގައި ހުރި މީހަކަށް ވެސް ފޮނުވޭނެއެވެ. ޕްރޮމޯޝަނުގައި ހިމެނޭ ހަދިޔާތަކުގެ ތެރޭގައި ލެ ޕާފިއުމްގެ އެންމެ މަގުބޫލު ސެންޓުގެ ބްރޭންޑުތަކާއި ކެކްޓަސްގެ މާބޮނޑި އާއި ނޯޑީސް ކޮފީގެ ކޮފީ ގްރައުންޑް ބްލޭންޑްސް އަދި ސްޕޭސްގެ ބްރައުނީ ހިމެނެއެވެ.

”ސްވީޓް ސަޕްރައިޒް“ގެ ދަށުން ހަދިޔާ ފޮނުވަން މޫލީ އޮންލައިން ޝޮޕަށް ވަނުމަށް ފަހު ”ސްވީޓް ސަޕްރައިޒް“ ކެޓަގަރީ ހިޔާރުކުރުމަށް ފަހު، އެ ކެޓަގަރީން ފޮނުވަން ބޭނުންވާ ހަދިޔާތައް ހިޔާރުކޮށް ކާޓަށް ލުމަށް ފަހު، ކާޓުން ޗެކްއައުޓްކޮށް ޑެލިވާ ކުރަން ބޭނުންވާ އެޑްރެސް ޖެހުމުން އެ ހަދިޔާ އެ ފަރާތަކަށް ޑެލިވާ ކޮށްދޭނެއެވެ. އޯޑަރު ކޮންފާމްކޮށް ޑެލިވާ ކުރާނީ ފައިސާ ދެއްކުމުންނެވެ.

”ސްވީޓް ސަޕްރައިޒް“ ޕްރޮމޯޝަން ކުރިއަށް ދާނީ ބުދަ ދުވަހުގެ ނިޔަލަށެވެ.

މޫލީއިން ގަންނަ ހުރިހާ އައިޓަމްތައް ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް ޑެލިވާކޮށްދޭނެއެވެ.