އެމްޓީސީސީން އަމީނީ މަގުގައި ތާރު އަޅަން މިރޭ ފަށައިފިއެވެ.

Ads by Asuru

އެމްޓީސީސީން ބުނީ އަމީނީ މަގުގެ އިރުން ފެށިގެން ސްޓެލްކޯއާ ހަމައަށް މިރޭ ތާރު އަޅައި ނިންމާނެ ކަމަށެވެ.

އެމްޓީސީސީން އަމީނީ މަގުގައި ތާރުއަޅަން ފެށީ އަމީނީ މަގު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން މިހާރު އާންމުންނަށް ހުޅުވާލާފައިވާ ސަރަހައްދުގައި ތާރު އެޅުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ)ގެ ފަރާތުން އެމްޓީސީސީއާ ހަވާލުކުރުމުންނެވެ.

މިކަން މި ގޮތަށް ކުރީ އާރްޑީސީގެ ތާރު މެޝިން ބަހައްޓާނެ ބިމެއް އަދި ކަނޑައެޅިފައިނުވާތީ ކަމަށާއި ބިން ހަމަޖެހުނުހާ އަވަހަކަށް އާރްޑީސީގެ ތާރު މެޝިން ބަހައްޓައިގެން، އަމީނީމަގުގެ ދެން އޮތް ބައިގައި ތާރުއެޅުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެ އެވެ.

އަމީނީ މަގު ހެދުމުގެ އަމަލީ މަސައްކަތް އާރުޑީސީއިން ފަށާފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ 30 ވަނަ ދުވަހު އެވެ. މި މަސައްކަތް އާރްޑީސީއަށް ހަވާލުކޮށްފައިވަނީ 84،414،546.83ރ. އަށް 210 ދުވަހުގެ ތެރޭގައި ނިންމުމަށެވެ.