ތުރުކީ އާއި ސީރިއާ ބޯޑަރު ކައިރިއަށް އައި ބާރުގަދަ ބިންހެލުމުގެ ސަބަބުން ހާލުގައި ޖެހުނު މީހުންނަށް އެހީތެރިވުމުގެ ފުރުސަތު އުރީދޫ މޯލްޑިވްސް އިން ހުޅުވާލައިފިއެވެ.

Ads by Asuru

އުރީދޫ އިން ބުނި ގޮތުގައި އެމް-ފައިސާ މެދުވެރިކޮށް އެހީތެރިކަން ފޯރުކޮށްދެވޭނެއެވެ. އުރީދޫ އެޕްގައިވާ އެމް-ފައިސާއަށް ލޮގިންވުމަށްފަހު ސްމާޓް ޕޭ ހިޔާރުކޮށް، ތުރުކީ އާއި ސީރިއާއަށް އެހީތެރިވުމަށް ހާއްސަ ކުރެވިފައިވާ ކިއުއާރު ސްކޭންކޮށްލަންޖެހެއެވެ.

އެއަށްފަހު އެހީގެ ގޮތުގައި ދޭން ބޭނުންވާ އަދަދު ޖެހުމަށްފަހު ޖެހޭނީ ޕޭމަންޓް ފުރިހަމަކޮށްލާށެވެ.

އުރީދޫން ބުނި ގޮތުގައި އެހީގެ ގޮތުގައި ލިބޭ ފައިސާ ތުރުކީ އާއި ސީރިއާއަށް ފޯރުކޮށްދޭނީ އިންޓަނޭޝަނަލް އެއިޑް ކެމްޕޭން މެދުވެރިކޮށެވެ.