މިދިޔަ ހަފްތާގެ ހޯމަ ދުވަހު ސީރިއާ އާއި ތުރުކީއަށް އައި ބާރުގަދަ ބިންހެލުމުގައި ހާލުގައި ޖެހުނު މީހުންނަށް އެހީވާން ރާއްޖޭގެ މިސްކިތްތަކުގައި ފަންޑުފޮށި ބެހެއްޓުމަށް ނިންމައިފިއެވެ.

Ads by Asuru

ފަންޑު ފޮށި ބަހައްޓަނީ ބިންހެލުމުގައި ހާލުގައި ޖެހުނު ފަރާތްތަކަށް އެހީވުމަށް ”އެއް އުންމަތެކޭ މީ“ މި ނަމުގައި ފެށި ކެމްޕޭނުގެ ތެރެއިންނެވެ. މިއީ އިލްމުވެރިންނާއި މަދަނީ ޖަމްއިއްޔާތަކުން ކުރިޔަށް ގެންދާ ކެމްޕޭނެކެވެ.

މި ކެމްޕޭންގެ ދަށުން ކުރިޔަށް ގެންދިއުމަށް ރާވާފައިވާ ހަރަކާތްތަކުގެ ތެރޭގައި ޓީވީ/ރޭޑިއޯ ފޯރަމްތައް ބޭއްވުމާއި، ހުކުރު ހުތުބާގައި މިކަމަށް އަލިއަޅުވާލުމާއި ހުކުރު ނަމާދަށްފަހު މިސްކިތްތަކުގައި ފަންޑުފޮށި ބެހެއްޓުން ހިމެނެއެވެ.

މީގެ އިތުރުން މާލޭގައި މީހުން ގިނަ ސަރަހައްދުތަކުގައި ފަންޑުފޮށިި ބެހެއްޓުމާއި، ސޯޝަލް މީޑިއާ މެދުވެރިކޮށް ވީޑިއޯ އަދި ފޯސްޓަރު ފަދަ ތަކެތީގެ ޒަރިއްޔާއިން މީހުން ހޭލުންތެރިކުރުވުން ވެސް ހިމެނެއެވެ.