މާލޭގެ ފިހާރައެއްގައި އަލިފާނުގެ ހާދިސާއެއް ހިނގުމާ ގުޅިގެން ކަމާބެހޭ ފަރާތްތަކުން ހަރަކާތްތެރިވެއްޖެއެވެ.

Ads by Asuru

އެމްއެންޑީއެފުން ބުނީ އަލިފާނ ޗާބްދަނީ މަގުގައި ހުންނަ ”ރެޑް ބީ“ ގައި ރޯވިކަމުގެ ރިޕޯޓް ފަޔަ އެންޑް ރެސްކިއު ސާވިސްއަށް ލިބުނީ 9:30 އެހާކަށްހާ އިރު ކަމަށެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި އަލިފާން ރޯވީ ފިހާރަަ ހުރި ޢިމާރާތުގެ ސިޑި ގޮޅިއެއްގައެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވިކަމެއް އަދި ސާފެއް ނުވެއެވެ. އެމްއެންޑީއެފާއި ފުލުހުން ވެސް ވަނީ ފިހާރަ ސަރަހައްދުގައި ހަރަކާތްތެރިވެފައެވެ.

ފަހަކަށް އައިސް މާލޭގައި ހިނގާ އަލިފާނުގެ ހާދިސާތައް ގިނައެވެ. އަދި މިފަދަ ނުރައްކާތެރި ބޮޑެތި އެތައް ހާދިސާއެއް މި ފަހުން ހިނގާފައިވެއެވެ.