”ފިކުރެއްގެ ދިރުން“ ގެ ނަމުގައި އެމްޑީޕީގެ ތެރޭގައި ސިޔާސީ ވަކި ހަރަކާތެއް ހިންގަވަން އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ނިންމަވައި އެކަމަށް ތާއީދު ހޯދަން ސޮއިކުރުވަމުން އަންނަ އިރު، މިހާތަނަށް 50،000 މީހުން ސޮއިކޮށްފައިވާ ކަމަށް ބުނުމުން، އެމްޑީޕީގެ އަންހުންގެ ރޫހުގެ ރައީސާ ރޮޒައިނާ އާދަމް (ރޮޒޭ) އެކަމަށް ޖޯކް ޖައްސަވައިފި އެވެ.

Ads by Asuru

ނަޝީދަށް ތާއީދުކުރައްވާ ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑެ) އިއްޔެ ވިދާޅުވެފައި ވަނީ ”ފިކުރެއްގެ ދިރުން“ އަށް މިހާތަނަށް ބައިލައްކަ އަށް ވުރެ މީހުން ސޮއިކޮށްފައިވާ އިރު، އަދިވެސް އެތައް ބަޔަކު ސޮއިކުރަން ބޭނުންވާ ކަމަށެވެ.

މިކަމަށް ޖޯކް ޖައްސައި އައްޑޫ މީދޫ ދާއިރާގެ މެމްބަރު އޯ މައި ގޯޑް (އޯއެމްޖީ) އޭ ވިދާޅުވެ ލާފިން އިމޯޖީތަކަކާ އެކީ ކުރެއްވި ޓްވީޓެއްގައި ބޮންޑޭ އަށް ވިދާޅުވެވުނު އަަދި ތަންކޮޅެއް މަދު ކަމަށެވެ. އަދި އެކަމާ އަންނަނީ ހިނި ކަމަށް ވެސް ވިދާޅުވި އެވެ.