އެމްޑީޕީގެ ރިޔާސީ ޓިކެޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ރަސްމީކޮށް އެރުވުމުގެ ޖަލްސާ މިރޭ ބާއްވަން ތައްޔާރުވެއްޖެ އެވެ.

Ads by Asuru

މި ޖަލްސާ އޮންނާނީ މިރޭ 8:30 ގައި ކާނިވާ ސަރަހައްދުގައެވެ.

ވެރިކަމުގެ ދެވަނަ ދައުރަކަށް ވާދަކުރައްވަން ރައީސް ސޯލިހު ޓިކެޓް ކަށަވަރުކުރެއްވީ މިދިޔަ މަހުގެ 28 ގައި ބޭއްވި އެމްޑީޕީގެ ޕްރައިމަރީގައި އެ ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދާ ވާދަކުރައްވައި ބޮޑު ތަފާތަކުންނެވެ.

ޕްރައިމަރީގެ ދާއިމީ ނަތީޖާތައް ދައްކާ ގޮތުން ނަޝީދަށް ލިބިވަޑައިގަތީ 15،641 ވޯޓެވެ. އެއީ ވޯޓްލީ މީހުންގެ 38.90 ޕަސެންޓެވެ. ރައީސަށް ލިބިވަޑައިގަަތީ 24،566 ވޯޓެވެ. އެއީ ވޯޓްލީ މީހުންގެ 61.10 ޕަސެންޓެވެ.

ރައީސަށް މިރޭ ރިޔާސީ ޓިކެޓް ހަވާލުކުރަން އެމްޑީޕީން ތައްޔާރީތައްވަމުން އަންނަ އިރު، ޕްރައިމަރީ ބާތިލުކޮށްދޭން ނަޝީދަށް ތާއިދުކުރާ ޕާޓީގެ މެމްބަރަކު އޮތީ ސިވިލް ކޯޓަށް ވެސް ހުށަހަޅައިފައެވެ.