މާލެއިން ގެއްލިގެން މި މަހުގެ ފަސްވަނަ ދުވަހުން ފެށިގެން އިއުލާނުކުރި އައްޑޫ މަރަދޫފޭދޫ ގަސްކަރަ، މުޙައްމަދު އާސިރު އިސްމާޢީލް ފެނިއްޖެއެވެ.

Ads by Asuru

ފުލުހުން ބުނީ އާސިރު ފެނިފައިވަނީ މިރޭގެ ވަގުތެއްގައި ކަމަށެވެ. އަދި އޭނާގެ ހާލު ރަނގަޅު ކަމަށް ފުލުހުން ބުނެއެވެ. ނަމަވެސް އާސިރު ފެނުނު ވަކި ތަނެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

އާސިރު ހޯދުމަށް ފުލުހުން ވަނީ އޭނާ ދިރިއުޅޭ ގެ ހ. އަލްޝާވިލާ ހިމެނޭ ސަރަހައްދު ހިމެނޭހެން މާލޭގެ އެކި ސަރަހައްދުތަކުގައި ހަރުކޮށްފައިހުރި ފުލުހުންގެ ކެމެރާތަކާއި ވެލާނާ އިންޓަނޭޝަން އެއާޕޯޓުގައި ހުރި އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ ކެމެރާތަކާއި ޓީއެމްއޭގޭ ކެމެރާތަކާއި އެއާޕޯޓު ފެރީ ހުންނަ ސަރަހައްދުގެ ކެމެރާ ބަލާފައެވެ.