ރިޔާސީ އިންތިހާބަށް ކުރިމަތިލާން އެދި ހުށަހަޅާ މުއްދަތު އިތުރު ކުރަން އިލެކްޝަން ކޮމިޝަން (އީސީ) އިން ނިންމައިފިއެވެ.

Ads by Asuru

އެ ކޮމިޝަނުން މިހާރު ނިންމާފައި ވަނީ މިކަމަށް މަގުފަހިކުރުމުގެ ގޮތުން ރިޔާސީ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ފޯމް ހުށަހެޅުމަށް އޮންނަ މުއްދަތު އިތުރުކުރުމަށްޓަކައި ޤާނޫނަށް އިސްލާހު ގެނައުމުމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގައި އީސީގެ ނާއިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވީ ރިޔާސީ އިންތިހާބުގެ ގާނޫނަށް ބަދަލު ގެންނަން ހުށަހަޅާފައިވާ ކަމަށެވެ. އަދި އެބަދަލު އަންނަ އޭޕްރީލް މަހުގެ ކުރިން ގާނޫނަށް އަންނާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވިއެވެ.

އީސީން ބުނި ގޮތުގައި ގެންނަން ނިންމާފައިވާ އިންތިހާބުގައި ވާދަކުރަން އެދި ފޯމް ހުށަހަޅަން އޮންނަ މުއްދަތު 10 ދުވަހުން
14 ދުވަހަށް އިތުރުކުރުމެވެ.

މިފަދަ ބަދަލެއް ގެންނަން ނިންމީ 10 ދުވަހުގެ މުއްދަތުގެ ސަބަބުން އިންތިހާބަށް ކުރިމަތިލާ މީހުންނަށް ދިމާވާ ދަތިތަކަށް ހައްލެއް ގެނައުމުގެ ގޮތުންނެވެ.