ކ.ގުރައިދޫ ދާއިރާގެ މެމްބަރު ރިޒާ ރޭ އަވަހާރަވެއްޖެއެވެ.

Ads by Asuru

ރިޒާ އަވަހާރަވީ މެލޭޝިއާގައި ސިއްހީ ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި، ރިޒާ ފަރުވާ ހޯއްދަވަމުން ގެންދެވީ ކެންސަރު ބައްޔަށެވެ.

ރިޒާ އަކީ ޕީޕީއެމަށް ނިސްބަތްވެވަޑައިގަންނަވާ މެމްބަރެއް ކަމަށްވާއިރު، އޭނާ ފުރުއްވަމުން ގެންދެވީ މެމްބަރު ކަމުގެ ތިންވަނަ ދައުރެވެ.

ރިޒާ އަކީ ގާނޫނީ ވަކީލެއްގެ ގޮތުގައިވެސް މަސައްކަތް ކުރެއްވި ބޭފުޅެކެވެ.