އިދިކޮޅު ކޯލިޝަނުން މާދަމާ ހަވީރު މާލޭގައި ”ތިޔަހެން ނުވިއްކޭނެ“ ގެ ނަމުގައި ބާއްވަން އޮތް ހިނގާލުން ފަސްކޮށްފިއެވެ.

Ads by Asuru

ޕީޕީއެމް/ޕީއެންސީން ބުނީ ރާއްޖޭން ބިދޭސީންނަށް ބިން ވިއްކުމާ ދެކޮޅަށް ބާއްވަން އޮތް ހަރަކާތް ފަސްކުރީ ކ. ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ރިޒާ އަވަހާރަވުމުގެ ހިތާމައިގައި ކަމަށެވެ. ޕީޕީއެމަށް ނިސްބަތްވި މެމްބަރު ރޭ އަވަހަރާވީ މެލޭޝިއާގައެވެ.

މާދަމާގެ ހިނގާލުން ނުބާއްވަން ނިންމި ނަމަވެސް ދެން އެ ހިނގާލުން އޮންނާނެ ވަކި ތާރީހެއް އަދި ހާމައެއްނުކުރެ އެވެ.

ރިޒާގެ ޖަނާޒާ މާދަމާ މެލޭޝިއާގައި ބާއްވަން ހަމަޖެހިފައިވާތީ ޖަނާޒާ އަށް އިދިކޮޅު ކޯލިޝަންގެ ވަފުދެއް ވެސް އެ ގައުމަށް ދާ ގޮތަށް ހަމަޖެހިފައިވެއެވެ.