މާލޭ ފިހާރައެއްގެ ތެރެއަށް ވަދެ ވަޅިން ހަމަލާދީ ޒަޚަމްކޮށްލި މީހާއަށް ފަރުވާދެމުންދަނީ ވެންޓިލޭޓަރުގައި ކަމަށް އައިޖީއެމްއެޗުން ބުނެފިއެވެ.

Ads by Asuru

މާލޭގެ ފިހާރައަކަށްވަދެ ހިންގި މިމާރާމާރީގައި ޒަޚަމްކޮށްލާފައިވަނީ އުމުރުން 30 އަހަރުގެ ދިވެހި ފިރިހެނަކަށް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އޭނާއަށް ލިބިފައިވާ ޒަޚަމްތަކަށް ރެއިން ފެށިގެން އައިޖީއެމްއެޗްގައި ދަނީ ފަރުވާދެމުންނެވެ. އެ ހޮސްޕިޓަލުން ބުނީ އޭނާއަށް ފަރުވާދެމުންދަނީ އައިސީޔޫގައި ކަމަށާއި އޭނާ އޮތީ މިވަގުތު ވެންޓިލޭޓަރުގައި ކަމަށެވެ.

އޭނާއަށް ލިބުނު ޒަޚަމްތަކުގެ ތަފްސީލު ފުލުހުންވެސް އަދި ހޮސްޕިޓަލުންވެސް ހާމައެއް ނުކުރެއެވެ.