މަކަރާއި ހީލަތް ހެދި މައްސަލައެއްގައި ކޯޓަށް ހާޒިރުކުރަން ބޭނުންވެގެން ތ.ވިލުފުށީ މީހަކު ހޯދަން ފުލުހުން އިއުލާނުކޮށްފިއެވެ.
ފުލުހުން ބުނީ، އެރަށު ފީރޯޒުގެ، ހަސަން ނިޒާރު (53އ)، ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން ހޯދަމުން އަންނަ ކަމަށެވެ.

ހަސަން ނިޒާރު ހޯދަމުންދަނީ ދައުލަތުން ދައުވާ ކުރާ މަކަރާ ހީލަތް ހެދުމުގެ މައްސަލައައާ ގުޅިގެން ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައިނުވާތީ ފުލުހުންގެ ބަންދުގައި ބަހައްޓައިގެން 2023 ފެބުރުވަރީ 28 ވަނަ ދުވަހު 11:00 އަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމަށް ކޮށްފައިވާ އަމުރާ ގުޅިގެން ކަމަށް ވެސް ފުލުހުން ބުންޏެވެ.

Ads by Asuru

ހަސަން ނިޒާރުއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓުގެ ނަންބަރު 9991442 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން ވަނީ އެދިފައެވެ.