ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ސަރުކާރު ކޯލިޝަނުގައި ހިމެނޭ، ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު ގާސިމް އިބްރާހީމް މިއަދު ބައްދަލުކުރައްވައިފިއެވެ.

Ads by Asuru

އެ ބައްދަލުވުމާ ގުޅޭ އެއްވެސް މައުލޫމާތެއް އެއްވެސް ފަރާތަކުން ހާމައެއް ނުކުރެއެވެ.

މިދިޔަ މަހުގެ ތެރޭގައި ރައީސްގެ ފަރާތުން އެމްޑީޕީގެ ވަފުދެއް ވެސް ގާސިމާ ބައްދަލުކޮށްފައިވެއެވެ.

ރައީސް ދާދި ފަހުން ވަނީ ކޯލިޝަން ހެދުމަށް ދައުވަތު ދީ ސިޔާސީ ޕާޓީތަކަށް މިދިޔަ މަހުގެ ތެރޭގައި ސިޓީއެއް ވެސް ފޮނުއްވައިފައެވެ.

ޖޭޕީ އަކީ މިހާރު ވެސް ސަރުކާރު ކޯލިޝަންގެ ބައިވެރިއެކެވެ. ނަމަވެސް އެ ޕާޓީން މި އަހަރުގެ ރިޔާސީ އިންތިހާބަށް ވާދަކުރުމަށް ގޮވާލައި މި ހަފުތާގެ ކުރީކޮޅު ބޭއްވި ގައުމީ ކޮންގްރެސް އަށް ގަރާރެއް ވެސް ހުށަހަޅައިފަ އެވެ. އަދި އެ ގަރާރު ފާސްކޮށްފައިވެއެވެ.

ނަމަވެސް އަދި ޖޭޕީން އިންތިހާބުގައި ވާދަކުރުމާ މެދު ގޮތެއް ނުނިންމައެވެ.