ދިވެހިރާއްޖެއިން ފަލަސްޠީނަށް ކަނޑައަޅުއްވާފައި ހުންނަވާ ނޮން-ރެޒިޑެންޓް ސަފީރު، އަލްފާޟިލް މުޙައްމަދު ޚަލީލް، ފަލަސްޠީނުގެ ރައީސް މަޙުމޫދު ޢައްބާސްއަށް އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު އަރުވައިފިއެވެ.

Ads by Asuru

ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ އުރުދުންގައި ހުންނަ ފަލަސްޠީނުގެ އެމްބަސީގައެވެ.

ރަސްމިއްޔާތަށް ފަހު ބޭއްވުނު ބައްދަލުވުމުގައި ފަލަސްޠީނުގެ ރައީސް، މަޙުމޫދު ޢައްބާސް ވަނީ ސަފީރު ޚަލީލަށް މަރުޙަބާ ދަންނަވައި އެމަނިކުފާނުގެ ސަފީރުކަމުގެ ދައުރުގައި އެމަނިކުފާނަށް ކާމިޔާބީއަށް އެދިވަޑައިގަންނަވާފައެވެ.

ސަފީރު ޚަލީލުގެ ވާހަކަފުޅުގައި ވަނީ ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ފަރާތްޕުޅުން ރައީސް ޢައްބާސްއަށާއި ފަލަސްޠީނުގެ ރައްޔިތުންނަށާއި ސަރުކާރަށް ވެދުމާއި މުބާރިކުބާދީ އަރިސްކޮށް ޝުކުރު އަދާކުރައްވާފައެވެ.