މުސްލިމެއް ކަމަށް ޝައްކު ކުރެވިގެން، އިންޑިއާގެ އުުމުރުން 65 އަހަރުގެ އުމުރުން ދުވަސްވީ މީހަކަށް އަނިޔާކޮށް މަރާލައިފިއެވެ.

Ads by Asuru

އިންޑިއާގައި މުސްލިމުންނާ ދެކޮޅު އަމަލުތައް ހިނގަމުން އަންނައިރު، އުމުރުން 65 އަހަރުގެ މި ފިރިހެން މީހާއަށް ހަމަލާދީ މަރާލާފައިވަނީ އޭނާ އަކީ މުހައްމަދު ކިޔާ މީހެއް ކަަމަށް ހީކޮށެވެ. އެހެންނަމަވެސް އެމީހާގެ އަސްލު ނަމަކީ ބަންވަރްލާލް ޖެއިންއެވެ. އަދި އެމީހާ އަކީ މުސްލިމެއްވެސް ނޫނެވެ.

އޭނާއަށް ހަމަލާ ދީފައިވަނީ އިންޑިއާގެ ހައްދުފަހަނައަޅާފައިވާ ހިންދޫއިންގެ ހަރުކަށި ފިކުރުގެ މީހުންނެވެ.

ބަންވަރްލާލަށް އަނިޔާ ކުރާ މަންޒަރު ފެންނަ ވީޑިއޯ، އިންޑިއާގެ ބައެއް ޓީވީ ޗެނަލްތަކުންވެސް ވަނީ ދައްކާފައެވެ.

މި ވީޑިއޯ މީސްމީޑިއާގައި ދައުރުވެފައިވާއިރު، ގިނަ ބައެއްގެ ނުރުހުން، އިންޑިއާގެ ހަރުކަށި ފިކުރުގެ މީހުންނަށް ވަނީ އަމާޒުވެފައެވެ.