ކުރުނބާ އަކީ ސިއްހީ ގޮތުން އެތައް ފައިދާއެއް ލިބޭ ވަރަށް މީރު ބުއިމެކެވެ.
ގިނަ އަދަދަކަށް ފައިބަރު ހިމެނޭ މި މޭވާގެ ފެނަކީ ވަރަށް ތާޒާކަން ގެނުވާ، މީރު ފެނެއްވެސް މެއެވެ. މި ލިޔުމުގައި މި ބަލާލަނީ ކުރުނބާ ބުއިމުން ލިބޭ ބައެއް މުހިންމު ފައިދާތަކަށެވެ.
އާންމުކޮށް ކިޑްނީގެ މައްސަލަތައް ދިމާވަނީ ކުޑަކަމުދިއުމަށް ދަތިވުމުން ނުވަތަ ކުޑަކަމުދެވޭ މިންވަރު މަދުވުމުންނެވެ.
އެއީ ކުޑަކަމު ދިއުން މަދުވާ ނަމަ ކިޑްނީއަށް ބާރުބޮޑުވާތީއެވެ. ކުރުނބާ ފެން ގިނައިން ބޯނަމަ މީހާގެ ކުޑަކަމުދާ ނިޒާމުގެ މައްސަލަތައް ހައްލުކޮށްދީ ކިޑްނީއަށް ދިމާވެދާނެ ނުރައްކާތަކުން ސަލާމަތްކޮށްދޭނެއެވެ.
ލޭމައްޗަށް ދިއުމަކީ ވަރަށްގިނަ މީހުންނަށް ދިމާވާ ކަމެވެކެވެ. އެކަން އެގޮތަށް ދިމާވަނީ ހަށިގަނޑުގައި ހިމެނޭ ”އިލެކްޓްރޯލައިޓްސް“ ކިޔާ މާއްދާއެއްގެ ސަބަބުންނެވެ. ކޮންމެ ދުވަހަކު ހެނދުނު ކުރުނބާ ފެންތައްޓެއް (އިތުރު އެއްޗެއް އެއަށް އެއްނުކޮށް) ބޯ ނަމަ އެދުވަހަކު ހަށިގަނޑުގެ ބްލަޑް ޕްރެޝާ ނޯމަލް މިންވަރެއްގައި ހިފަހައްޓައިދޭނެއެވެ.
ހަމުގެ މައްސަލަތަކަކީ ވަރަށް ގިނައިން ދިމާވާ މައްސަލައެކެވެ. އާންމުކޮށް ހަމަށް ދިމާވާ މައްސަލަތައް، މިސާލަކަށް ބިހިނެގުން ފަދަ ކަންކަން ދިމާވަނީ ހަށިގަނޑުގައި އުފެދޭ ތެޔޮކަމެއްގެ ސަބަބުންނެވެ. މިމައްސަލަ އެންމެ ބޮޑަށް ދިމާވަނީ މޫނަށެވެ. ކުރުނބާ ފެނުގެ ސަބަބުން ގައިގެ ޖަރާސީމުތައް ނައްތާލައި އެގޮތައް އުފެދޭ ތެޔޮތަކުގެ ނުރައްކާ ކުޑަކޮށްދެއެވެ.
ހިކެން މަސައްކަތް ކުރަންހެއްޔެވެ؟ އެހެންވެއްޖެ ނަމަ ބައެއް ގަޑިގަޑީގައި ބަނޑުހައިވާނެއެވެ. ވަރަށް މީރުއެއްޗެއް ކާލާހިތް ވާނެއެވެ. އެހެންވެއްޖެ ނަމަ އެފަދަ ވަގުތުތަކުގައި ކުރުނބާ ފެންތައްޓެއް ބޯލާށެވެ.
އެއީ އޭގައި ހިމެނޭ ފައިބާގެ ސަބަބުން ބަނޑުހައި ހޫނުކަން ފިލުވައިދޭނެއެވެ. އެހެންކަމުން ކާއެއްޗެއްސާ ދުރުކޮށްދީ ބަރުދަން ލުއިކުރުމަށް އެހީވެދޭނެއެވެ.
ކުރުނބާގެ ފައިދާ އެންމެ އެކަށޭނަ ގޮތެއްގައި ލިއްބައިދިނުމަށް ކޮންމެ ދުވަހެއްގެ ރޭގަނޑު ނިދުމުގެ ކުރިން މަދުވެގެން އެއް ކުރުނބާ ބޯލާށެވެ. އެންމެ ރަނގަޅީ ހެނދުނާއި ރޭގަނޑު ކުރުނބައެއް ބޯލުމެވެ.