އައްޑޫން ފުރައިގެން މާލެ އަށް ދަތުރު ކުރަމުން ދަނިކޮށް ރޯވި ހިތަދޫ ”އާގަލާ“ ބޯޓުން ގެއްލުނު ފަޅުވެރިޔާ ހޯދުމުގެ މަސައްކަތް ހުއްޓާލައިފިއެވެ.

Ads by Asuru

އެމްއެންޑީއެފްއިން ބުނެފައިވަނީ ”އާގަލާ“ ބޯޓުން ގެއްލުނު ފަޅުވެރިޔާ ހޯދުމަށް އެމްއެންޑީއެފް ކޯސްޓްގާޑުން ކުރިއަށް ގެންދިޔަ ސަރޗް އޮޕަރޭޝަން 72 ގަޑިއިރަށް ފަހު ހުއްޓާލާފައިވާ ކަމަށެވެ.

މި އޮޕަރޭޝަނުގައި ކަނޑާއި ވައިގެ މަގުން ޖުމްލަ 2164 ސްކެއާ ކިލޯމީޓަރުގެ ގެ ސަރަޙައްދެއް ބަލާފައިވާކަމަށް މައުލޫމާތު ދީފައިވެއެވެ.

”އާގަލާ“ ބޯޓުން ގެއްލިފައިވަނީ އިންޑިއާގެ ރައްޔިތެކެވެ.

އާގަލާ“ ގައި އަލިފާން ރޯވީ މ. ތުވަރު ކައިރިން މާޗް 5 ވަނަ ދުވަހުގެ ރޭ މެންދަމު 3:00 ޖަހާ އެހާކަށްހާ އިރުއެވެ.

ބޯޓްގައި ރޯވުމުން އޭގައި ތިބި މީހުން ކަނޑަށް ފުންމާލިއެވެ. އެއީ 5 ދިވެއްސަކާއި 5 އިންޑިއާ މީހަކާއި 5 ބަންގްލަދޭޝް މީހުންނެވެ.