މާލޭގެ އިމާރާތަކުން މިރޭ ވެއްޓުނު އަންހެން މީހާ ނިޔާވެއްޖެއެވެ.

Ads by Asuru

ހެންވޭރު ގެއަކުން މީހަކު ވެއްޓިފައިވާކަމަށް ފުލުހުންގެ އިދާރާއަށް ރިޕޯޓުކުރީ 20:05 ހާއިރުއެވެ.

ހެންވޭރު ލިލީނައިޓް އާގޭ ތިންވަނަ ފަންގިފިލާއިން ވެއްޓުނީ އުމުރުން 32 އަހަރުގެ ދިވެހި އަންހެނެކެވެ.

ފުލުހުން ދެންމެ ބުނީ އޭނާއަށް ފަރުވާދިނުމަށް އައިޖީއެމްއެޗަށް ގެންދިޔަ ކަމަށާއި ގެންދިޔައިރު ވެސް އޭނާ ނިޔާވެފައިވާ ކަމަށެވެ.