އިދިކޮޅުގެ ސިޔާސީ މިސްރާބު ހުރީ ދިވެހިންނަށް އަނބުރާ މިނިވަންކަން ހޯދައިދިނުމަށް ކަމަށް މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝް ވިދާޅުވެއްޖެއެެވެ.

Ads by Asuru

ޓީވީ ޕްރޮގްރާމެއްގައި، އިދިކޮޅު ފަރާތްތަކުން ކުރިއަށް ގެންދާ ”އިންޑިއާ އައުޓް“ ހަރަކާތާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ނަރީޝް ވަނީ އެ ހަރަކާތް ހުއްޓުވުމަށްޓަކައި، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ނެރުއްވި ގަރާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

އޭނާ ވިދާޅުވި ގޮތުގައި، އެ ގަރާރަކީ ޣައިރު ގާނޫނީ ގަރާރެކެވެ. އަދި އެއީ އިންޑިއާއިން ލިޔެފައި ދިން ގަރާރެއް ކަމަށްވެސް އޭނާ ވަނީ ތުހުމަތު ކުރައްވައިފައެވެ.

އޭނާ ވިދާޅުވީ ރާއްޖޭގައި އިންޑިއާގެ ނުފޫޒު އިތުރުވަމުން އަންނައިރު، މި ގައުމުގައި އިންޑިއާގެ ސަގާފަތް އާލާވުމަކީ ދިވެހިން އެދޭ ގޮތެއް ނޫން ކަަމަށެވެ.

”އަޅުގަނޑުމެންގެ ސިޔާސީ މިސްރާބު މިހުރީ ރާއްޖޭގެ މިނިވަންކަން ދިވެހި ރައްޔިތުންނަށް އަނބުރާ ހޯދައިދިނުމަށްޓަކާ. މިނިވަންކަމުގެ ދިފާއުގައި މިއަދު ނުކުމެ މިތިބީ، އަޅުގަނޑުމެންގެ ސިޔާސީ އަމާޒު މިހުރީ ރާއްޖެ އަކީ މިނިވަން، އަދި މުސްތަގިއްލު ގައުމެއްގެ ގޮތުގައި ކަށަވަރު ކުރަން.“ ނަރީޝް ވިދާޅުވިއެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، ނަރީޝް ވަނީ އެމަނިކުފާނާ އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނެވި ގަވަރުނަރެކޭ ތަފާތެއް ނެތް ކަަމަށެވެ.