ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް، ރައީސް ޔާމީން އަބްދުލްޤައްޔޫމް މިނިވަން ކުރަން ގޮވާލައި ކުރާ އިހްތިޖާޖު ވަރުގަދަ ކުރަން ޖެހޭ ކަމަށް މާލެ ސިޓީގެ މޭޔަރު، އަދި ޕީޕީއެމްގެ ނައިބު ރައީީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

Ads by Asuru

މުއިއްޒު މިހެން ވިދާޅުވީ ޕީޕީއެމް ހުޅުމާލެ ދާއިރާއިން ބޭއްވި މާހެފުމުގެ ބައިވެރިންނާ މުހާތަބު ކުރައްވައި ދެއްކެވި ވާހަކައިގައެވެ.

ރައީީސް ޔާމީންގެ ވެރިކަމުގައި ހައުސިން މިނިސްޓަރުކަން ކުރެއްވި މުއިއްޒު ވިދާޅުވީ، އެ މަނިކުފާނު މިނިވަން ކުރަން ގޮވާލާ އަޑު، ރެއާ ދުވާލު އުފުލަން ޖެހޭ ކަމަށާއި، އެކަން ކުރަން ޖެހެނީ ދިވެހި ގައުމުގެ މުސްތަގްބަލަށްޓަކައި ކަމަށެވެ.

”މި ގައުމު ސަލާމަތް ކުރުމަށްޓަކާ، އެ މަނިކުފާނުގެ ލީޑަރޝިޕަށް މި ގައުމު އެދި ގޮވަމުންދާ ގޮވުމަށްޓަކާ.“

ޕީޕީއެމް ހުޅުމާލެ ދާއިރާގެ މާހެފުމުގެ ބައިވެރިން

މުއިއްޒުގެ ވާހަަކައިގައި ރައީސް ޔާމީން ހުޅުމާލެއަށް ކޮށްދެއްވި ކަންކަމަށްވެެސް އަލިއަޅުވާލެއްވިއެވެ. އޭނާ ވިދާޅުވީ، ހުޅުމާލެއާއި ހުޅުމާލޭގެ ދެވަނަ ފިޔަވައްސަކީ، ރައީސް ޔާމީން ދިވެހިރާއްޖެއަށް ގެނެސްދެއްވި ތަރައްގީގެ އެންމެ ފުރިހަމަ އެއް މިސާލު ކަމަށެވެ. ހުޅުމާލެ ފޭސް އެކެއްގައި، ކުރީ ސަރުކާރުން ގިނަ ކަންތައްތަކެއް ކުރިކަމަށް ވިދާޅުވެ، މޭޔަރު ވަނީ، ފޭސް ދޭއް ތަރައްގީ ކުރުމުގެ މަސައްކަތް ސުމަކުން ފެށީވެސް ރައީީސް ޔާމީންގެ ވެރިކަމުގައިކަން ފާހަގަކުރައްވައިފައެވެ.

މުއިއްޒު ވިދާޅުވީ، މި ސަރުކާރުން ފޭސް ދޭއްގެ ތަރައްގީއަށް ކުރީ ކުޑަ މަސައްކަތެއް ކަމަށާއި، ރައީސް ޔާމީން ހިއްކެވި ބިމެއް ނޫނީ އެ ތަނުގައި ނެތް ކަމަށެވެ.

ރައީީސް ޔާމީން މިނިވަން ކުރުމުގެ މުހިންމުކަން ތަކުރާރުކޮށް ފާހަގަކުރައްވައި މުއިއްޒު ވިދާޅުވީ ބަޔަކު ކިތަންމެ ރޭވުންތަކެއް ރޭވިޔަސް، އެއަށްވުރެ މޮޅަށް ކަންކަން ރާާއްވަވާ ފަރާތެއްވާ ކަމަށާއި، ރައީސް ޔާމީން މިނިވަން ކުރަން ކުރާ މަސައްކަތް ވަރުގަދަ ކޮށްފިނަމަ، އޭގެ ހެޔޮ ނަތީޖާ ފެނިގެންދާނެ ކަމަށެވެ.