ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމާ ދެކޮޅަށް ”އިންޑިއާ އައުޓް“ މި ނަމުގައި ކެމްޕެއިނެއް ކުރިއަށް ގެންދާއިރު، އިންޑިއާގެ ދިފާއުގައިވެސް ކެމްޕެއިނެއް ފަށައިފިއެެވެ.
މި ކެމްޕެއިނުގެ ބައިވެރިން ބޭނުން ކުރަމުން އަންނަ ހޭޝްޓެގަކީ ”ބާކީނުވޭ“އެވެ. ޓްވިޓަރގައި މި ހޭޝްޓެގް ބޭނުންކޮށްގެން ޓްވީޓް ކުރަމުން އަންނަ ފަރާތްތަކުން ބުނަމުން ދަނީ ކޮވިޑް-19ގެ ޕެންޑެމިކްގެ ތެރޭގައި އިންޑިއާއަށް ގޮސް ބޭސްފަރުވާ ކުރުމުގެ ފުރުސަތު ދިން ކަމަށާއި، ކެންސަރު ފަދަ ބަލިތަކަށް ފަރުވާ ހޯދުމުގައި ދިވެހިން ބަރޯސާ ވަނީ އެގައުމަށް ކަމަށެވެ. އަދި އިންޑިއާއަށްޓަކައި ޝުކުރުވެރިވާ ކަމަށްވެސް ބުނެފައިވެއެވެ.
If #India didn’t open a travel corridor for us during the Pandemic I don’t know how many loved ones would have suffered ,
We ran out of medicines / life saving treatments Etc .. I will be forever grateful . #Baakeenuvey— Aishath Jennifer (@JenniferAishath) May 25, 2022
”ބާކީނުވޭ“ މި ހޭޝްޓެގް ބޭނުންކުރައްވައި ރައީސް މުހައްމަދު ނަޝީދުވެސް ވަނީ ޓްވީޓް ކުރައްވައިފައެވެ. އެމަނިކުފާނުގެ ޓްވީޓުގައި، އިންޑިއާ އައުޓް ކެމްޕެއިނަށް ތާއީދު ނެތް ކަމަށާއި، އެ ހަރަކާތުގައި ބައިވެރިވަނީ މަދު ބައެއް ކަމަށް ވިދާޅުވަމުން އަންނަ ވާހަކަ ތަކުރާރު ކުރެއްވިއެވެ.
އަދި ވިދާޅުވީ ސިޔާސީ ވެރިންގެ ސިޔާސީ މަންފާއަށްޓަކައި ދިވެހީން ބާކީވާނެ ފަދަ ކަންކަން ނުކުރުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ.
Siyaasee veringe siyaasee beynumah takai Dhivehin baakeeve nikamethi vaane kankan nukurumah huriha siyaasee verin visnavan vaane. India aai dhekolhah hingaa campaign akee Dhivehinge thaaidhu oiy kameh noon kan saabith vanee ekamugai baiveri vaa meehun madhukamun #Baakeenuvey
— Mohamed Nasheed (@MohamedNasheed) May 26, 2022
”ބާކީނުވޭ“ ކެމްޕެއިންގެ ބައިވެރިންނަށް، ”އިންޑިއާ އައުޓް“ ކެމްޕެއިންގެ ބައިވެރިން ދަނީ ފާޑު ކިޔަމުންނެވެ. އެގޮތުން އިންޑިއާއިން ފިޔާ، އަލުވި އަދި ބިސް ލިބޭތީ، އެގައުމުގެ ސިފައިން ރާއްޖޭގައި ތިބުން ”އޯކޭ“ ވާން ނުޖެހޭ ކަމަށް އެފަރާތްތަކުން ދަނީ ބުނަމުންނެވެ.
I want to save screenshots of all the MDP activists who are tweeting #Baakeenuvey today, to show them how utter idiotic they are praising an invading army of a foreign country.
As long as Indian soldiers are in Maldives, I will view them as enemy forces.#IndiaOut— Mamee Abdul (Journalist)🌿 #IndiaOut 😎 (@DhivehiOne) May 26, 2022