ހުޅުމާލޭގެ ދެވަނަ ފިހަވަހީގެ ބައެއް ޓަވަރުތަކުން ކަރަންޓުގެ ޚިދުމަތް މެދުކެނޑިއްޖެއެވެ.

Ads by Asuru

ސްޓެލްކޯ އިން ބުނީ ބައެއް ޓަވަރުތަކަށް ކަރަންޓް ލިބެން އަދި 3 ގަޑިއެއްހާއިރު ނަގާނެ ކަމަށެވެ.

ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވަނީ ހިޔާގެ ފުރަތަމަ ޓަވަރުގެ ސަބްސްޓޭޝަންގެ ސްވިޗްގިއަރގެ ބަސްބާ ޝޯޓުވުމާއި ގުޅިގެން ކަމަށެވެ.

ވީ އެންމެ އަވަހަކަށް އެ މައްސަލަ ހައްލު ކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ސްޓެލްކޯގެ މުވައްޒަފުން ކުރަމުން ދާކަމަށް ވަނީ ބުނެފައެވެ.

އަދި ހިޔާގެ ބައެއް ޓަވަރުތަކުން ކަރަންޓުގެ ހިދުމަތް މެދުކެނޑެން މެދުވެރިވި، ހިޔާގެ ފުރަތަމަ ޓަވަރުގެ ސަބްސްޓޭޝަނަށް ދިމާވި މައްސަލައަކާ ގުޅިގެން ކަމަށް ސްޓެލްކޯއިން ބުނެއެވެ.

ހިދުމަތް އަލުން ދިނުމަށް މަސައްކަތް ކުރަމުން އަންނައިރު، އަދި މި މަސައްކަތަށް ތިން ގަޑި އިރު ހޭދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށާ ދިމާވާނެ ދަތިތަކަށް މާފަށް އެދޭކަމަށް އެކުންފުނިން ބުނެއެެވެ.

ހިޔާގެ ބައެއް ފްލެޓުތަކުން ކަރަންޓުގެ ހިދުމަތް ކެނޑުނީ މިއަދު ހަވީރު 17:20 ހާއިރުއެވެ. ކަރަންޓުގެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ސްޓެލްކޯ އިން އަންނަނީ ކުރަމުންނެވެ.