ހެންވޭރުގެ ގެއެއްގައި ހުރި އޮފީހެއް ފަޅާލައި، ހަތް ލައްކަ ރުފިޔާ ވަގަށް ނެގި ކަމަށް ބެލެވޭ މީހަކު ފުލުހުން މިއަދު ހައްޔަރުކޮށްފިއެވެ.

Ads by Asuru

ފުލުހުންގެ މީޑިއާ އޮފިޝަލް މިރޭ ބުނީ އޮފީހެއް ފަޅާލައި ހަތް ލައްކަ ރުފިޔާ ވަގަށް ނެގި ކަމަށް ބުނެ މައްސަލައެއް ހުށަހަޅާފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށެވެ.

އެ މައްސަލައިގައި ފުލުހުން ހައްޔަރު ކުރީ 43 އަހަރުގެ ފިރިހެނެކެވެ.

ފުލުހުން ބުނީ ހައްޔަރުކުރި މީހާ ދިރިއުޅޭ ތަން ބަލައި ފާސް ކުރިއިރު ވަގަށް ނެގި ކަމަށް ބެލެވޭ ހަތް ލައްކަ ރުފިޔާގެ ތެރެއިން ފަސް ލައްކައަށް ވުރެ ގިނަ ރުފިޔާ ފެނުނު ކަމަށެވެ.

އެ މައްސަލަ ފުލުހުން ދަނީ ބަލަމުންނެވެ.