ރާއްޖޭގެ ސިޔާސީ މައިދާނުގައި އަދިވެސް ބޮޑު ނަމަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަމަށް، އެމަނިކުފާނުގެ ފެކްޝަނަށް ނިސްބަތްވާ، މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވެއްޖެއެވެ.

Ads by Asuru

އިންތި މިހެން ވިދާޅުވީ އޭނާ ކުރެއްވި ޓްވީޓެއްގައެވެ.

މިގޮތުން އިންތި ވިދާޅުވީ މި ވެރިކަން ވެސް ހިމެނޭ ގޮތުން ދައުލަތުގެ ބާރުތަކާއި ވަސީލަތްތައް ބޭނުންކޮށްގެން، ރައީީސް ނަޝީދު ނައްތާލުމަށް މަސައްކަތް ނުކުރާ ވެރިކަމެއް ނެތް ކަމަށާއި، ނަޝީދުގެ ފުރާނަ ދުއްވާލުމަށް ބޮން ގޮއްވާލުމަށް ފުރުސަތު ވެސް ދީފައިވާ ކަމަށް ވިދާޅުވިއެވެ.

އިރާދަފުޅުން އަދި ވެސް މިއީ ސިޔާސީ މައިދާނުގެ ”ބޮޑު ނަން.“ އިންތި ވިދާޅުވިއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ ވާދަކުރައްވައި ބަލިވެވަަޑައިގަތުމުން ނަޝީދު ގެންދަވަނީ ރައީސާ ދެކޮޅަށް ނުކުންނަވައި، ޖޭޕީއާ ގުޅިގެން މިހާރު މަސައްކަތް ކުރައްވަމުންނެވެ.

ރައީސް ނަޝީދާއި ޖޭޕީ ނުލާ، ރައީސް ސޯލިހަށް ރިޔާސީ އިންތިހާބު ކާމިޔާބު ކުރުން ވެގެންދާނީ އުނދަގޫ ކަމަކަށް ކަމުގައި ގިނަ ބަޔަކު ބުނެއެވެ.