މިއަހަރު ރާއްޖެއަށް ލިބުނުގެ ކޯޓާގެ ތެރެއިން ހައްޖަށް ދާން ބޭނުންވާ މީހުންނަށް ހައްޖަށް ދިޔުމަށް ފުރުސަތު ހުޅުވާލައިފިއެެވެ.
ހައްޖު ކޯޕަރޭޝަނުން ހުޅުވާލި މިފުރުސަތުގައި އެ ކޯޕަރޭޝަންގެ ކިއުގައި މިހާރު ތިބި މީހުންގެ އިތުރަށް އަލަށް ފައިސާ ދައްކައިގެން ހައްޖަށް ދާން ބޭނުންވާ މީހުންނަށް ފުރުސަތު ހުޅުވާލާފައިވެއެވެ.
މިކަމަށް އެދި ހުށަހަޅާ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ މިމަހުގެ 30ވަނަ ދުވަހުން ފެށިގެން އަންނަ މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށެވެ.
މިއަހަރު ރާއްޖެއިން މީހުން ހައްޖަށް ގެންދިޔުމަށް ސައުދީ ސަރުކާރުން ރާއްޖެއަށް ދީފައިވާ 453 ޖާގައެވެ.
މި ޖާގަތަކަށް މީހުން ޙައްޖަށް ގެންދިޔުމުގެ ފުރުސަތު މިފަހަރު ހަމައެކަނި ދީފައިވަނީ ހައްޖު ކޯޕަރޭޝަނަށެވެ.
ހައްޖު ކޯޕަރޭޝަންގެ ކިއުގަތިއްބެވިބޭފުޅުންނައް ވެސް މިސަތޭކަޖާގުނަސް އެބަބައިއަޅާ ހާދާއިންސާފެވެރިކޮށޭ ރައްޔަތުންނައް ބައިކުޅަބައިން ސަތޭކަތިދިނީ حسبنااللهونعم الوكيل