އިބްރާހިމް ވަހީދު މަގާމަށް އައްޔަނުކުރައްވައި މަގާމުގެ ފަތްކޮޅު ދެއްވީ މިއަދު މެންދުރުފަހު ރައީސް އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.

Ads by Asuru

އިބުރޭ ރައީސް އޮފީހުގެ މިނިސްޓަރުކަމަށް އައްޔަން ކުރިއިރު، މިއަދުވަނީ ރައީސް އޮފީހުގެ މިނިސްޓަރ މުހައްމަދު ޝިފާޒު މަގާމުން ވަކިކޮށްފައެވެ.

ޝިފާޒަކީ އެމްޑީޕީގެ ނައިބު ރައީސްއެވެ. އޭނާ އަކީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާ ވަރަށް ގާތް ބޭފުޅެކެވެ.

މިއަދު މަގާމަށް އައްޔަނު ކުރެއްވި އިބްރާހިމް ވަހީދަކީ، 2009އިން 2012އަށް ސަރުކާރުގެ އިސްމަޤާމުތަކެއް ފުރުއްވި ބޭފުޅެކެވެ. މިގޮތުން، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހެލްތް އެންޑް ފެމިލީގެ މަޤާމާއި، ނެޝަނަލް ސޯޝަޕް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ)ގެ ޗެއާމަންކަމުގެ މަޤާމު އިބްރާހިމް ވަހީދު ވަނީ ފުރުއްވާފައެވެ.

އަދި ފެނަކަކޯޕަރޭޝަންގެ ޑެޕިއުޓީ މެނޭޖިންގ ޑައިރެކްޓަރގެ މަޤާމާއި، އެކުންފުނީގެ ބޯޑު މެމްބަރުކަމުގެ މަޤާމުވެސް އޭނާ ފުރުއްވާފައިވެއެވެ.