ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ރޯދަ މަހުގެ ތަހުނިޔާ، އަރަބި ބަހުން ދެ ގޮތަކަށް ކިޔާ އުޅެއެވެ. އެއީ ”ރަމަޟާން މުބާރަކް“ ނުވަތަ ”ރަމަޟާން ކަރީމް“އެވެ.

Ads by Asuru

ރަމަޟާން މުބާރަކްގެ މާނަ އަކީ، ބަރަކާތްތެރި ރޯދަ މަހަކަށް އެދެމެވެ. އަދި ރަމަޟާން ކަރީމް އަކީ، ރޯދަ މަހަކީ ތިބާއަށް ދީލަތި މަހަކަށް ވުމަށް އެދޭ ކަމަށް ބަޔާން ކުރެވޭ ބަހެކެވެ.

މި ދެގޮތުންކުރެ އެންމެ ރަނގަޅު ގޮތަކާމެދު މީހަކު ޝެއިޚް އާސިމް އަލްޚަކީމްއާ ސުވާލު ކުރުމުން، އޭނާ ވިދާޅުވީ އެންމެ ރަނގަޅީ ”ރަމަޟާން މުބާރަކް“ ކިޔުން ކަމަށެވެ.

ރޯދަ މަހަށް، އޭގެ ޒާތުގައި މީހަކަށް ދީލަތިކަން ގެނެސްނުދެވޭނެ ކަމަށާއި، އެކަން މެދުވެރިކުރައްވާނީ ހަމައެކަނި މާތް ރަސްކަލާނގެ ކަމަށް ވެސް ވިދާޅުވިއެވެ.

ޝެއިޚް އާސިމް އަލްޚަކީމް ދެއްވި ޖަވާބު މި ލިންކުން ބަލައިލެވޭނެއެވެ.