ޓީޖީއެސްޓީ ބޮޑުކުރުމުގެ ހެޔޮ ނަތީޖާ ފެންނަމުންދާ ކަމަށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.

Ads by Asuru

ޓީޖީއެސްޓީ 12 ޕަސެންޓުން 16 އަށް އަދި ޖީއެސްޓީ 6 ޕަސެންޓުން 8 ޕަސެންޓަށް ބޮޑުކޮށްފައިވާއިރު މިއަހަރުގެ ޖެނުއަރީ އެކަކުން ފެށިގެން އެ އުސޫލަށް ވަނީ އަމަލުކުރަން ފަށައިފައެވެ.

ޝަރީފް ވިދާޅުވީ ޓީޖީއެސްޓީ ދެ ޕަސެންޓް އިތުރު ކުރުމުގެ ހެޔޮ ނަތީޖާ ދައުލަތުގެ އާމްދަނީން ފެންނަމުންދާ ކަމަށެވެ.

އަދި އޭގެ މަންފާ ރައްޔިތުންނަށް ދެވޭ ހިދުމަތްތަކުން ފެނިގެންދާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.