ބޭނުންވާ ތަކެތި:

Ads by Asuru

½ ޖޯޑު ބަޓަރު

½ ޖޯޑު ކޮކޯ ޕައުޑަރ

¾ ޖޯޑު ހަކުރު

2 ބިސް

1 ސައިސަމުސާ ވެނީލާ އެސެންސް

½ ޖޯޑު ފުށް

¼ ސައިސަމުސާ ލޮނު

ތައްޔާރުކުރާނެ ގޮތް:

7 އިންޗީގެ ހަތަރެސްކަން ތަބަކެއްގައި ފޮއިލް އަޅައި، އަވަން 175 ޑިގްރީސް ސެލްސިއަސްއަށް ހޫނު ކުރަން ޖައްސާށެވެ.

ބަޓަރުކޮޅު ދިޔާކޮށްލައި، އުނދުން މަތީގައި ކުޑަކޮށް ހޫނު ކޮށްލައިގެން މިކަން ކޮށްލެވިދާނެއެވެ. ނޫނީ މައިކްރޯވޭވަށް ލާފައި ޑީފްރޮސްޓް ސެޓިންގްގައި ދޮޅު މިނެޓު ޖައްސާލައިގެންވެސް ބަޓަރުކޮޅު ދިޔާ ކޮށްލެވިދާނެއެވެ.

ބަޓަރަކީ ނިކަން އަވަހަށް އަނދާ އެއްޗަކަށް ވުމާއެކު ބަޓަރު ދިޔާ ކުރާއިރު ހޫނު ކުރަންވާނީ ވަރަށް ކުޑަކޮށެވެ.

ބަޓަރާއި، ހަކުރާއި ކޮކޯ ޕައުޑަރު ބޮޑު ބޯތަށްޓަކަށް އަޅާފައި ބޮޑު ސަމުސަލެއް ބޭނުން ކޮށްގެން ރަނގަޅަށް އެއް ކުރާށެވެ. ހަކުރު ކޮޅު އެއްކޮށް ނުގިރި އަދި ހުއްޓަސް އެއީކީ  އަދި މިވަގުތު މައްސަލައެއް ނޫނެވެ.

ފަހަރަކު ބިހެއް ބޯތަށްޓަށް އަޅާ ރަނގަޅަށް އެއްކުރާށެވެ. މިފަހަރު ހަކުރުތައް އެއްކޮށް ގިރެންދެން ގިރަން ވާނެއެވެ. ދެން ވެނީލާ އެސެންސް އަޅާ އެއްކޮށްލާށެވެ.

އެއަށްފަހު، ފުށާއި ލޮނު ބޯތަށްޓަށް އަޅާށެވެ. ބޭނުން ކުރީ ލޮނު ހުންނަ ވައްތަރުގެ ބަޓަރު ކަމަށް ވަންޏާ ކޮންމެހެން މިގަޑީގައި ލޮނު ނޭޅިއަސް ރަނގަޅު ވާނެއެވެ. ނިކަން މަޑު މަޑުން އެއްކުރާށެވެ. ހުރިހާ އެއްޗެއް އެއްވިހާ އަވަހަކަށް އެއްކުރުން ހުއްޓާލާށެވެ. ޗޮކްލެޓް ޗިޕްސް، ބަދަން، ހިކި މޭބިސްކަދުރު، މިފާޑުގެ އެއްޗެއް އަޅާލަން ބޭނުންނަމަ އެއެއްޗެއް އަޅާ ނިކަން މަޑުމަޑުން އެއްކޮށްލާށެވެ.

ކުރިން ތައްޔާރުކުރި ތަބަކުގެ ތެރެއަށް އެއްކުރި ސާމާނު އޮއްސާލާ ސަމުސަލަކުން މަތި އޮމާން ކޮށްލާށެވެ.

ހޫނު ކުރަން ޖެއްސި އަވަނުގެ މެދު ރެކުގައި ތަބަށް ބައިންދާށެވެ. ދެން 20 މިނެޓު ވަންދެން ފިހާށެވެ. ފިހެވުނީމާ މަތި އިންނާނީ ކުޑަކޮށް ފެޅިފައެވެ. އަދި މިކަހަލަ ބްރައުނީގެ މެދަށް ދަތްކޮށްޓިއެއް ހަރާލާފައި ނަގާއިރު ހުންނާނީ ކޮންމެވެސް ވަރަކަށް އެއްޗެހި ހަރުލާފައެވެ. އަދި ވަނުން ނެގުމަށް ފަހު ހިހޫ ކުރާށެވެ.

ހިހޫ ވިމާ ފޮތި ފޮތި ކޮށްލާށެވެ. މަތި ރަނގަޅަށް ޖެހޭ އެއްޗަކަށް އަޅާފައި ދެތިން ދުވަސް ވަންދެން މި ފްރިޖަށް ނުލާ ބެހެއްޓޭނެއެވެ.

މިއީ ލޮނުމެދު.ކޮމް ގައި ޝާއިއުކޮށްފައިވާ ރެސިޕީއެކެވެ.