އާފަލު ކެއުމުން ސިއްހީ ގޮތުން އެތައް ފައިދާއެއް ލިއްބައިދެއެވެ.

Ads by Asuru

މިއީ ހަންގަނޑަށް ވެސް ރަނގަޅު މޭވާ އެކެވެ. އާފަލުގައި ހިމެނޭ ވިޓަމިން ސީ ހަންގަނޑުގައި ހިމެނޭ ސެލްތައް ހަލާކުވުން ދުރުކޮށްދިނުމަށާއި ހަމުގެ ކެންސަރު ޖެހުމުން ދުރުކޮށްދެއެވެ.

އަދި އާފަލުގައި ހިމެނޭ އެންޓި އޮކްސިޓެންޑްގެ ސަބަބުން ހަންގަނޑު ދޮންކޮށް އޮމާންކަން ގެނެސްދިނުމަށް އެހީތެރިވެދެއެވެ. ހާއްސަކޮށް ފެހި އާފަލަކީ ހަމުގެ މައްސަލަތަކަށް ހައްލުކުރުމަށް ރަގަޅު މޭވާ އެކެވެ. ސަބަބަކީ ފެހި އާފަލުގައި ގިނައިން ވިޓަމިން އޭ، ބީ އަދި ސީ ހިމެނެތީ އެވެ. ހާއްސަކޮށް މޫނުގައި ބިހި ނަގާ ނުވަތަ ލޯ ކައިރި ކަޅުވާ ބޭފުޅުން ގަވައިދުން ކެއުމުގައި ފެހި އާފަލު ހިމަނާނަމަ މިފަދަ މައްސަލަތައް ހައްލުވެގެންދާނެއެވެ.

އޭގެ އިތުރުން އާފަލަކީ އިސްތަށިގަނޑަށް ވެސް ފައިދާ ހުރި މޭވާ އެކެވެ. ބޮލުން ހަންފޮޅުން ހުއްޓުވުމަށާއި އިސްތަށި ފޭބުން ފަދަކަންކަމަށް އާފަލަކީ ރަނގަޅު މޭވާ އެކެވެ.

އާފަލަކީ ތައިރޮޑްގެ މައްސަލަތަކާއި އެސްތުމާ އަދި ޑައިބެޓިކްސް ހުންނަ މީހުންނަށް ވެސް ރަގަޅު މޭވާއެކެވެ. އަދި އާފަލުގައި ހިމެނޭ ފައިބާގެ ސަބަބުން ގޮހޮރުގެ މައްސަލަތައް ޖެހުމުން ވެސް ދުރުކޮށްދެއެވެ.

މީގެ އިތުރުން ވެސް އާފަލުގައި އެތަކެއް ފައިދާ ތަކެއް ހިމެނެއެވެ. ކޮންމެ ދުވަހަކު އެންމެ އާފަލެއް ކެއުމުގައި ހިމަނައިފި ނަމަ ހަށިގަނޑަށް ގިނަގުނަ ފައިދާތަކެއް ލިބޭއިރު ކޮންމެ ދުވަހަކު އާފަލެއް ކެއުމަށް އާދަކުރުން ކިހިނެއްވާނެތޯއެވެ؟