ރާއްޖެ އިން ޗައިނާ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރުގެ ނައިބުގެ މަގާމުގައި ހުންނެވި ޖުމްހޫރީ ޕާޓީގެ ފޮރިން ރިލޭޝަންސް އެގްޒެކެޓިވް، ސޮބާހު ރަޝީދު ވެސް އެ ޕާޕާޓީން ވަކިވެވަޑައިގަތުމަށް ނިންމަވައިފިއެވެ.
އޭނާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޖޭޕީގެ ތެރޭގައި އޮތް އޮއިވަރުގެ ސަބަބުން ގައުމީ މަސްލަހަތު އަދި ޖޭޕީއަށާއި ލީޑަރު ގާސިމު އިބްރާޙިމަށް ލިބެމުންދާ ގެއްލުން ތަހައްމަލް ކުރަން އުނދަގޫވެފައިވާ ކަމަށެވެ.
އަދި ގައުމީ މަސްލަހަތު އިސްކޮށް މި އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ކުރައްވަން ނިންމާފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.
ޖޭޕީގެ ސެކެޓްރީ ޖެނެރަލް އަލީ އާރިފަށް ސޮބާހް ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ ރައީސް ސޯލިހްގެ ރިޔާސީ ދައުރުގައި ގެންގުޅުއްވި ހަރުދަނާ ސިޔާސަތުތަކުގެ ސަބަބުން، ރާއްޖެ ވަނީ ކޮވިޑްގެ ހާލަތުން އަރައިގަނެ އިގުތިސާދީ ގޮތުން ބޮޑެތި ކުރިއެރުންތަކެއް ހޯދާފައި ކަމަށެވެ.
ވަކިން ޚާއްސަކޮށް ޚާރިޖީ ގޮތުން ގުޅުންތައް ބަދަހިވެ ރާއްޖޭގެ ދިގު ތާރީހުގައި ވެސް ބައިނަލް އަގުވާމީ މައިދާނުގައި ނުލިބޭ ފަދަ އިތުބާރާއި ޝަރަފްވެރި ކަމެއް ރައީސް ސޯލިހު ހޯދާފައިވާ ކަމަށް ސޮބާހް ވިދާޅުވެފައިވެ އެވެ.
÷ޕީޕީއެމުން ކެނޑިގެން ދިޔަ އިލްހާމާއި ނިހާނުމެން ގްރޫޕުން ރަގަޅަށް ޖޭޕީ ހިސޯރު ކޮއްފިއެވެ. ޕީޕީއެމުން ދިޔައީ އެޕާރޓީގައި މިމީހުންނަށް އެކަން ނުވީމައެވެ. ގާސިމަށް ރީތި ލަނޑެއް މިވެރިން ދޭނެއެވެ.