މަސްތުވާތަކެއްޗާއި ގޭންގު ކުށްތަކުގެ ފަހަތުގައި ސިޔާސީ ނިޔަތާއި މާލީ ނަފާ ޝާމިލްވާކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
އެމަނިނުފާނު މިހެން ވިދާޅުވީ ކައުންސިލްތަކާއިއެކު މިއަދު ފަށާފައިވާ ”ވިއަވަތި ރާއްޖެ“ ކޮންފަރެންސް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ ރާއްޖޭގައި އޮތް މައްސަލަތަކަށް ބަލާއިރު އެންމެ ބޮޑު އަދި ގައުމީ ދެ މައްސަލައަކީ މަސްތުވާތަކެއްޗާއި ގޭންގު ކުށްތައް ކަމަށެވެ. އޭގެ ފަހަތުގައި ސިޔާސީ ނިޔަތާއި މާލީ ނަފާ ޝާމިލްވެފައިވާއިރު، މިއީ މިކަންކަމުގެ އެންމެ ފުނުގައި އިންތިޒާމްވެ ރޭވިގެން ހިންގާ ކަންކަން ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މި ކަންކަމަކީ ވަރަށް ބޮޑު އިސްކަމެއް ދީގެން ހައްލު ހޯދަން ޖެހިފައިވާ އިޖުތިމާއީ ބޮޑު މައްސަލައެއް ކަމަށެވެ. މި ކޮންފަރެންސްގައި މިކަމާ ގުޅޭ ގޮތުން ފުޅާކޮށް މަޝްވަރާކުރުން މުހިންމު ކަމަށް ވެސް ރައީސްގެ ވާހަކަފުޅުގައި ފާޙަގަކުރެއްވިއެވެ.
”މިއީ ގޮންޖެހުން ބޮޑު ހުރަސްތައް ގިނަ ބުރަ މަސައްކަތެއް. މިކޮންފަރެންސްގައި މިކަމާ ގުޅޭގޮތުން ކުރެވޭ މަޝްވަރާތައް ފުޅާކުރުން މުހިންމު. އެއީ މީގެ ހައްލު ހޯދުމުގެ މަގު ކުރުވެ ނަތީޖާ އަވަސްވާނެ ކަމެއް ކަމުގައި އަޅުގަނޑު ދެކެން،“ ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވިގޮތުގައި ރާއްޖޭގައި އޮތް އަނެއް ބޮޑު މައްސަލަ އަކީ މޫސުމަށް އަންނަ ބަދަލުތައް ކަމަށެވެ.
އެގޮތުން ރަށް ގިރުމާއި، ފެންބޮޑުވުމާއި އުދައެރުމަކީ ރަށްރަށާ އެންމެ ގާތުގައިވާ އެންމެ ބޮޑު ބިރު ކަމަށް ވިދާޅުވިއެވެ.
ކެނެރީގޭ ލާދީނީ ނަޝީދު ގެ ނަން ބުނަން ނުކެރިގެން ތިއުޅެނީ ކީއްވެތަ