ވަގަށް ރާއްޖެއަށް ރަން އެތެރެކުރަން އުޅުނު އިންޑިއާ މީހަކު ޖޫރިމަނާކުރަން ކްރިމިނަލް ކޯޓުން ޙުކުމް ކުރައްވައިފިއެވެ.

Ads by Asuru

އެ މީހާ ރާއްޖެއަށް ވަގަށް ރަން އެތެރެ ކުރަން އުޅުނީ، ފައިގެ ކަށިމަތީގައި ތަތްކޮށްގެންނެވެ ވަގަށް ރާއްޖެއަށް ރަން އެތެރެކުރަން އުޅުނު އިންޑިއާ މީހަކު ޖޫރިމަނާކުރަން ކްރިމިނަލް ކޯޓުން ހުކުމް ކުރައްވައިފިއެވެ.

ކްރިމިނަލް ކޯޓުން މިދިޔަ މަހުގެ 29 ވަނަ ދުވަހު ކުރެއްވި ހުކުމުގައި ވަނީ ޖޫން 2022 ގައި އިންޑިއާގެ ރައްޔިތެއް ކަމަށްވާ ހާރިފް މެލަޑެތް އަބޫބަކުރުގެ ހަށިގަނޑު ބަލައި ފާސްކުރިއިރު އޭނާގެ ދެފައިގެ ކަށިމަތީގައި މާސްކިންގ ޓޭޕްއަޅައި ތަތްކޮށްފައިވާ ރަންކުލައިގެ ޕޭސްޓް ހިމެނޭ ދެ ޕެކެޓް ފެނިފައިވާ ކަމަށެވެ.

އަދި މޯލްޑިވްސް ކަސްޓަމްސްއިން އެ ތަކެތީގެ ފިޒިކަލް އެގްޒެމިނޭޝަން ހެދިއިރު އެ ތަކެތީގައި ގާތްގަނޑަކަށް 2755.5 ގްރާމް ރަން އަދި އެހެނިހެން މާއްދާތައް ހިމެނޭ މިކްސްޗަރ ހުރިކަމަށް އެތަކެތީގެ ތަހުލީލު ރިޕޯޓުން ދައްކާ ކަމަށެވެ.

މި މައްސަލައިގައި ހާރިފްގެ މައްޗަށް އުފުލި ”ދިވެހިރާއްޖެއަށް ސިއްރުން މުދާ އެތެރެކުރުމުގެ ދައުވާ” ސާބިތުވާތީ ޝަރީއަތުން ނިންމެވީ 120,000 ރުފިޔާއިން ހާރިފް ޖޫރިމަނާކުރުމަށެވެ. އަދި އެ ފައިސާ ރަސްމީ ހަތަރު ދުވަހުގެ ތެރޭގައި މީރާއަށް ދައްކަން ވަނީ އަންގަވައިފައެވެ.

މީގެއިތުރުން އޭނާގެ އަތުން ފެނުނު ރަން ކަސްޓަމްސްއަށް ނެގުމަށް ވެސް ޝަރީއަތުން ވަނީ އަންގަވައިފައެވެ.