ހއ.އިހަވަންދޫ މަގުތަކުގައި ތާރު އަޅަން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާ މިއަދު ހަވާލުކޮށްފިއެވެ.

Ads by Asuru

ޕްލޭނިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ މިނިސްޓްރީގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ ޑިރެކްޓަރު ޖެނެރަލް ފާތިމަތު ޝާނާ ފާރޫޤެވެ.

އަދި އާރުޑީސީގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ ޗީފް ފައިނޭންޝަލް އޮފިސަރު ޔާސިރު ހަސަނެވެ.

އިހަވަންދޫ މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތުގެ ދަށުން 6.9 ކިލޯމީޓަރުގެ މަގުގައި ތާރުއަޅައި މަގުތަކުގައި ފެންހިންދާ ނިޒާމް ގާއިމްކުރުމުގެ އިތުރުން މަގުތަކުގައި މަގުބައްތި ޖަހާނެއެވެ.

ޑިޒައިން އެންޑް ބިލްޑް އުސޫލުން އާރްޑީސީއާ މި މަސައްކަތް ހަވާލުކުރީ 102،846،733.89 ރުފިޔާއަށެވެ.

ޕްލޭނިންގ މިނިސްޓްރީން ހާމަކުރި ގޮތުގައި އާރްޑީސީއާ މި މަސައްކަތް ހަވާލުކުރީ 540 ދުވަހުގެ ތެރޭ ނިންމުމަށެވެ.