ރައްޔިތުންގެ މަޖިލީހުގެ ލ. އިސްދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު އަލީ ހަމީދު ޖުމްހޫރީ ޕާޓީ ދޫކުރައްވައި އެމްޑީޕީއަށް މިއަދު ސޮއިކުރައްވައިފި އެވެ.

Ads by Asuru

އަލީ އެމްޑީޕީއަށް ސޮއިކުރީ މުލިއާގޭގައި މިއަދު މެންދުރު ބޭއްވި ރަސްމިއްޔާތެއްގައެވެ.

އޭނާ ސޮއިކުރެއްވި ރަސްމިއްޔާތުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޗެއާޕާސަން ފައްޔާޒް އިސްމާއިލްގެ އިތުރުން ޕާޓީގެ ލީޑަޝިޕް ބޭފުޅުންގެ ތިއްބެވިއެވެ.

އަލީ އާއެކު މިހާރު މަޖިލީހުގައި އެމްޑީޕީގެ މެމްބަރުންގެ އަދަދު 67 އަަށް އެރީއެވެ.

އަލީ ޖޭޕީ އިން ވަކިވެ އެމްޑީޕީއާއި ގުޅުނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީ އިން ވަކިން ވާދަކުރަން ނިންމުމާ ގުޅިގެން ޖޭޕީގެ ބައެއް އިސް އެހެން މެމްބަރުން ވެސް އެ ޕާޓީ އާ ވަކިވަމުންދާ ދަނޑިވަޅެއްގައެވެ.