ވިލިމާލޭގައި ރަސްމީކޮށް ބަގީގެ ހިދުމަތް ފަށައިފިއެވެ.

Ads by Asuru

މާލެ ސިޓީ ކައުންސިލުން އެ ހިދުމަތް ފެށުމަށް ރޭ ވިލިމާލޭގައި ހާއްސަ ރަސްމިއްޔާތެއް ވެސް ބޭއްވިއެވެ.

ބަގީގެ ހިދުމަތް ފައްޓަވައި ދެއްވީ މޭޔަރު ޑރ. މުހައްމަދު މުއިއްޒެވެ.

ރޯދަމަސް ނިމެންދެން ބަގީގައި ހިލޭ ދަތުރުކުރެވޭނެއެވެ. އެއީ ޕްރައިވެޓް ހަޔާ ފިޔަވައެވެ. ވިލިމާލޭގައި ކުރާ ބަގީ ދަތުރުތަކަށް ދެ ރުފިޔާ ނަގަން މާލޭ ސިޓީ ކައުންސިލުން ވަނީ ނިންމައިފައެވެ.

ނަމަވެސް ބަގީ، ޕްރައިވެޓް ހަޔާގެ ގޮތުގައި ނަގާ ނަމަ އަގު ތަފާތު ވާނެއެވެ.

އެ އަގުތަކަކީ؛

• 4 ސީޓްގެ ބަގީއަކަށް 6 ރުފިޔާ

• 6 ސީޓްގެ ބަގީއަކަށް 10 ރުފިޔާ

•12 ސީޓްގެ ބަގީއަކަށް 15 ރުފިޔާ

ވިލިމާލޭގައި ބަގީގެ ހިދުމަތް ދޭން 10 ބަގީ މިދިޔަ މަހުގެ ތެރޭގައި އެ އަވަށަށް ގެންގޮސްފައިވެއެވެ.

ވިލިމާލޭގައި ބަގީގެ ހިދުމަތް ފެށިއިރު، އެމްޓީސީސީން އަންނަނީ އެތަނުގައި ބަހުގެ ހިދުމަތް ވެސް ދެމުންނެވެ.