​ރ. މަޑުއްވަރީގައި ހިނގި އެކްސިޑެންޓެއްގައި އެ ރަށު ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް މިއަދު ނިޔާވެއްޖެއެވެ.

Ads by Asuru

އެސްޖީ ނިޔާވީ ކައުންސިލްގެ ޕިކަޕް ފަހަތަށް ޖެހުމުގެ ތެރޭގައި ޕިކަޕް ފަހަތުގައި އޭނާ ހުންނަވަނިކޮށް ފާރާއި ޕިކަޕްދޭތެރޭ ފިތިގެންނެވެ.

މި ހާދިސާގައި ލިބުނު އަނިޔާތަކަށް ފަރުވާ ދިނުމަށް އެސްޖީ އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް ވަނީ ގެންގޮސްފައެވެ.

ނަމަވެސް ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޭނާ ނިޔާވެފައިވާކަމަށް މައުލޫމާތު ލިބެއެވެ.