ނ.އަތޮޅު ތައުލީމި މަރުކަޒުގެ އާ ކްލާސްރޫމް އިމާރާތުގެ ނުނިމިހުރި މަސައްކަތްތައް ނިންމުމަށް ބަޔަކާ ހަވާލު ކޮށްފިއެވެ.

Ads by Asuru

އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން މި މަސައްކަތް ޙަވާލުކޮށްފައިވަނީ ނެކްސްޓާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ. މިއީ ހަތަރު ކްލާސްރޫމު ހިމެނޭ އިމާރާތެކެވެ.

މި މަޝްރޫއު ހަވާލުކުރުމުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސީނިއަރ ޕޮލިސީ ޑިރެކްޓަރ ނައުޝާދު އިބްރާހީމެވެ.

އަދި ނެކްސްޓާ މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު މުޒްހިނެވެ.

ނެކްސްޓާ މޯލްޑިވްސްއާއި މި މަސައްކަތް ޙަވާލުކޮށްފައިވަނީ 4.5 މިލިއަން ރުފިޔާއަށެވެ. އަދި މަސައްކަތް ނިންމުމަށް އެކުންފުންޏަށް ދީފައިވަނީ 110 ދުވަހުގެ މުއްދަތެކެވެ. މިއީ 2021 ވަނަ އަހަރުގެ ޕީ.އެސް.އައި.ޕީގެ ދަށުން ކުރިއަށްގެންދާ މަޝްރޫއެކެވެ.