ރަމަޟާންމަހުގެ ފަހު 10 މި ފެށުނީއެވެ.

Ads by Asuru

މި މާތް މައްސަރުގައި ލައްވައިފައިވާ އެންމެ މަތިވެރި ނިޢުމަތަކީ ލައިލަތުލްޤަދުރި ވިލޭރޭ، މި މައްސަރުގައި ލައްވައިފައިވުމެވެ.

އެރެއަކީ އެއްހާސް މައްސަރަށްވުރެ ހެޔޮކަން ބޮޑުވެގެންވާ މާތް ރެއެކެވެ. ތަފްޞީރު ޢިލްމުވެރިން ވިދާޅުވާ ގޮތުގައި، އެ މާތް ރެއަކީ ކުރިއަށް އޮންނަ އަހަރަށް މާތްﷲ ދުނިޔޭގެ ކަންކަން ކަނޑައަޅުއްވައި ނިންމަވާ ރޭކަމަށެވެ.

އެހެންކަމުން އެރެއަށް ”ލައިލަތުލްޤަދްރި“ މިނަން ދެވިގެންވާކަމަށެވެ. ހަމަ އެހެންމެ އެރެއަކީ ކީރިތި ޤުރުއާން ބާވައި ލެވުނު މަތިވެރި ރޭކަންވެސް ފާހަގަ ކުރެއްވިއެވެ.

މާތް ﷲ އެރެއާ ހޭގޮތުން ކީރިތި ޤުރުއާންގައި ސޫރަތެއް ވެސް ބާއްވާލެއްވިއެވެ.

ތިރީގައި މި ބަޔާން ކުރަނީ ލައިލަތުލްޤަދްރި ވިލޭރޭގައި ގިނައިން ކިޔުއްވުމަށް މާތް ރަސޫލާ(ސ.އ.ވ) އިރުޝާދު ދެއްވި ދުޢާ އެކެވެ.

اللهم انك عفو تحب العفو فاعف عنى

ދުޢާގެ މާނަ: މާތް ރަސްކަލާކޯ! އިބަ ރަސްކަލާނގެއީ ފާފަ ފުއްސަވާ އަދި ފާފަ ފުއްސެވުމަށް ލޯބި ކުރައްވާ ރަސްކަލާނގެއެވެ. މި އަޅާގެ ފާފަ ފުއްސަވާނދޭވެ!