ޖަޕާން ސަރުކާރުން ރާއްޖެއަށް ދޭ ސްކޮލަޝިޕްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެެވެ.

Ads by Asuru

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނީ ޖަޕާނުގެ ސަރުކާރުގެ ފަރާތުން ޖަޕަނީޒް ގަވަރމެންޓް ސްކޮލަރޝިޕް ފޮރ 2023 ގެ ދަށުން ރާއްޖޭގެ ދަރިވަރުންނަށް ޖަޕާނުގެ ޔުނިވަރސިޓީތަކުގެ ގްރެޖުއޭޓް ސްކޫލްތަކުގައި ކިޔެވުމަށް ސްކޮލަރޝިޕް ފުރުސަތު ލިބިފައިވާ ކަމަށް ރާއްޖޭގައި ހުންނަ ޖަޕާން އެމްބަސީން އަންގާފައިވާ ކަމަށެވެ.

މި ސްކޮލަޝިޕަށް ކުރިމަތިލުމުގެ ފުުރުސަތު އިއްޔެ ހުޅުވާލިއިރު އިއްޔެއިން ފެށިގެން އަންނަ ޖޫން މަހުގެ 22 ގެ ނިޔަލަށް ވަނީ ފުރުސަތު ހުޅުވާލައިފައެވެ.

މި ސްކޮލަރޝިޕްގެ ދަށުން ހުރިހާ ހަރަދެއް ދިނުމަށް ހަމަޖެހިފައިވަނީ ސްކޮލަރޝިޕް އިންތިޒާމް ކުރާ ފަރާތުންނެވެ.

މި ސްކޮލަރޝިޕަށް ކެންޑިޑޭޓުން ހޮވުމުގެ ގޮތުން އެޕްލިކޭޝަން ރިވިއުކޮށް ޓެސްޓް އަދި އިންޓަރވިއު މަރުހަލާއަށް ކުދިން ޝޯޓްލިސްޓް ކުރުމުގެ މަސައްކަތް ކުރާނީ ރާއްޖޭގައި ހުންނަ ޖަޕާން އެމްބަސީގެ ފަރާތުންނެވެ.