ރާއްޖޭގެ ބައެއް ރަށްތަކަށް މިރޭ ބޯކޮށް ވާރޭވެހޭނެ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާ، މެޓް އޮފީހުން ވިދާޅުވެއްޖެއެވެ.

Ads by Asuru
މެޓް އޮފީހުން ވިދާޅުވީ، އެންމެ ދެކުނުގެ އަތޮޅުތައް ފިޔަވައި ބައެއް އަތޮޅުތަކަށް މިރޭ ވިއްސާރަކުރާނެ ކަމަށް ލަފާކުރެވޭ ކަމަށާއި، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރާނެކަމަށް ލަފާކުރެވޭ ކަމަށެވެ.

އެގޮތުން، އެ އޮފީހުން ބުނީ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށެވެ.

އަދި ރާޅުގެ އުސްމިން ހުންނާނީ 01 ފޫޓާއި 03 ފޫޓާ ދެމެދު ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ.