ދ. މާއެނބޫދޫ ޞިއްޙީ މަރުކަޒުގެ ޖާގަ އިތުރުކުރުމަށް ބަޔަކާ ޙަވާލުކޮށްފިއެވެ.

Ads by Asuru

ހެލްތު މިނިސްޓްރީގެ ފަރާތުން މި މަސައްކަތް ޙަވާލުކޮށްފައިވަނީ ޑީ.އެން.އެފް އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑާއެވެ. މިކަމުގެ އެއްބަސްވުމުގައި ހެލްތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސީނިއަރ އެގްޒެކެޓިވް ޑައިރެކްޓަރ ޢަބްދުލް ޙަންނާނު ޙުސައިނެވެ. ޑީ.އެން.އެފް އިންޖިނިއަރިންގގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޑައިރެކްޓަރ އޮފް އޮޕަރޭޝަންސް ޝަކީބު އަޙްމަދެވެ.

މާއެނބޫދޫ ޞިއްޙީ މަރުކަޒުގެ އެކްސްޓެންޝަން ޢިމާރާތައި، ލެބޯޓަރީ އަދި ޕޯރޓިކޯ ހެދުމުގެ މަސައްކަތް ކުރުން މި މަޝްރޫޢުގައި ނުހިމެނޭކަމަށް ހެލްތު މިނިސްޓްރީއިން ވިދާޅުވެއެވެ.

4.7 މިލިއަން ރުފިޔާގެ މި މަސައްކަތް ޑީ.އެން.އެފް އިންޖިނިއަރިންގއާއި ޙަވާލުކޮށްފައިވަނީ 150 ދުވަހުން ނިންމާގޮތަށެވެ.