ފަޅުރަށްތައް ކުއްޔަށް ދޫކުރުން ވަގުތީ ގޮތުން މަޑުޖައްސާލައިފިއެވެ.

Ads by Asuru
އެގްރިކަލްޗަރ މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ފަޅު ރަށްރަށް ކުއްޔަށް ހޯދުމަށް އެދި ހުށަހަޅާ ހުށަހެޅުންތައް ބަލައިގަތުމާއި ކުއްޔަށް ދޫކުރުން ވަގުތީ ގޮތުން ހުއްޓާލާފައިވާ ކަމަށެވެ.

ފަޅުރަށްތައް ކުއްޔަށް ދޫކުރުން މަޑުޖައްސާލާފައިވަނީ ފަޅުރަށްރަށާ ބެހޭ ގަވައިދަށް އިސްލާހު ގެނައުމުގެ މަސައްކަތް ހިނގަމުންދާތީ ކަމަށްވެސް އެ މިނިސްޓްރީން ވަނީ  ބުނެފައެވެ.

ފަޅުރަށްތަކާބެހޭ ގާނޫނަށް މިދިޔަ އަހަރު ނޮވެމްބަރު މަހުގެތެރޭގައި ވެސް ވަނީ އިސްލާހް ގެނެސްފައެވެ.

އެގޮތުން ފަޅުރަށެއް ދޫކުރައްވާއިރު އެ ފަޅުރަށެއް އޮތް އަތޮޅުގެ ކައުންސިލާއި މަޝްވަރާކުރަންޖެހޭ ގޮތަށް، ފަޅުރަށްތަކާބެހޭ ގާނޫނަށް ވަނީ އިސްލާހު ގެނެސްފައެވެ.

ފަޅުރަށްރަށް ވަރުވާ އަށް ދޫކުރަނީ ސިނާއީ މަސައްކަތްކުރުމަށާއި ދަނޑުވެރިކަން ކުރުމުގެ ބޭނުމުގައެވެ.

ރާއްޖޭގައި ފަޅުރަށްރަށުގެ ގޮތުގައި ގާތްގަނޑަކަށް 774 ރަށެއް ހިމެނޭއިރު މިފަދަ ރަށްތައް ގިނައިން ކުއްޔަށް ދޫކޮށްފައި ހުރި ރިސޯޓް ހަދާށެވެ.