ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު، ރަސްމީ ދަތުރުފުޅެއްގައި އެމެރިކާގެ ވޮޝިންގްޓަންއަށް އަށް ފުރާ ވަޑައިގެންފިއެވެ.

ރައްޔިތުން މަޖިލީހުގެ އިދާރާއިން ބުނީ، މިމަހުގެ 12 އިން 17 ވަނަ ދުވަހުގެ ނިޔަލަށް ކުރައްވާ މި ދަތުރުަފުޅަކީ އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް)ގެ ވަލްނަރަބަލް 20 (ވީ20) މާލީ ވަޒީރުންގެ 10 ވަނަ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަތުމަށް އެ މަނިކުފާނު ކުރައްވަވާ ދަތުރުފުޅެއް ކަމަށެވެ.

ކްލައިމެޓް ވަލްނަރަބަލްއާ ގުޅިގެން ބާއްވަމުން އަންނަ މި ފޯރަމުގެ ދައުވަތު ދެއްވީ ވީ20ގެ ރިޔާސަތު ބަލަހައްޓާ ގާނާގެ މިނިސްޓަރު އޮފް ފިނޭންސް އެންޑް އިކޮނޮމިކް ޕްލޭނިން އެޗްއީ ކެނެތް އޮފޯރިއަޓާއެވެ.

މި ދަތުރުފުޅުގައި ރައީސް ނަޝީދު އައިއެމްއެފް އާއި ވޯލްޑް ބޭންކް އަދި ސީވީއެފްގެ އިސްވެރިންނާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މައުލޫމާތު ދިނެވެ.