މާލޭގެ ފުރުޤާން މިސްކިތުގައި އިޢުތިކާފަށް އިން އުމުރުން ދުވަސްވީ މީހަކު ހައްޔަރު ކުރަން ދިވެހި ފުލުހުން މަސައްކަތް ކޮށްފިއެވެ.

Ads by Asuru

އިޢުތިކާފަށް އިނުމަކީ މިސްކިތުގައި މަޑު ކުރުމެވެ. އަޅުކަން ކުރުމުގެ ގޮތުން މިގޮތަށް މަޑު ކުރާއިރު، މިސްކިތުގައި ނިދުންވެސް ހުއްދައެވެ.

ޝެއިޚް އާދަމް ނިޝާން، ފޭސްބުކްގައި ހިއްސާ ކުރެއްވި ވީޑިއޯއެއްގައި ވަނީ، ފުރުޤާން މިސްކިތް އެޅީއްސުރެ، އެ މިސްކިތުގައި އިޢުތުކާފަށް މަޑު ކުރާ އުމުރުން ދުވަސްވީ ފިރިހެނަކު ހައްޔަރު ކުރަން އުޅުމުން އެކަމާ ކަންބޮޑުވުންފާޅު ކުރައްވާފައެވެ. ވީޑިއޯގައި، ފުލުހުން ހައްޔަރު ކުރަން އުޅުނު އުމުރުން 76 އަހަރުގެ މީހާ ވަނީ، އޭނާ ހައްޔަރު ކުރަން އުޅުނު ޕޮލިސް އޮފިސަރަށް، މިސްކިތުގައި އިޢުތިކާފަށް އިނދެ ނުދެވޭނެކަން ބުނެދީފައިވާނެ ކަމަށް ބުނެފައެވެ.

ޝެއިހު އާދަމް ނިޝާން ވަނީ ރަމަޟާން މަހުގެ އެންމެ ފަހު ދުވަސްތައް ގުނަމުން އަންނައިރު،  ދީނުގައި ޝަރުއު ކުރައްވައިފައިވާ، އިޢުތިކާފަށް އިނުމަކީ ކޮބައިކަން ދައުލަތުގެ މުއައްސަސާއެއްގައި މަސައްކަތް ކުރާ ފަރާތްތަކަށް ނޭނގުމަކީ ގައުމުގެ ހާލަތު އެނގޭ ކަމެއް ކަމަށް ވިދާޅުވެ، އެކަމާ ކަންބޮޑުވުންފާޅުކުރައްވައިފައެވެ.