ރ.އަލިފުށީގެ މަގުތަކުގައި ތާރު އެޅުމުގެ މަޝްރޫޢު، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއި ހަވާލުކޮށްފިއެވެ.

Ads by Asuru

މިމަަސައްކަތް އާރްޑީސީއާ ހަވާލުކުރީ 90،956،112.97 ރުފިޔާއަށް، 540 ދުވަހުގެ ތެރޭ ނިންމާގޮތަށެވެ.

ޕްލޭނިން މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ ޑިރެކްޓަރ ޖެނެރަލް ފާތިމަތު ޝާނާ ފާރޫޤް އެވެ. އަދި އާރުޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މޫސާ އަލިމަނިކެވެ.

މި އެއްބަސްވުމުގެ ދަށުން ރ.އަލިފުށީގައި 3.8 ކިލޯމީޓަރުގެ މަގުގައި ތާރުއެޅުމުގެ މަސައްކަތް، މަގުތަކުގައި ފެންހިންދާ ނިޒާމް ގާއިމު ކުރުމުގެ މަސައްކަތް އަދި މަގުތަކުގައި މަގުބައްތި ޖެހުމުގެ މަސައްކަތް ކުރާނެ ކަމަށް ޕްލޭނިން މިނިސްޓްރީއިން ވަނީ ވިދާޅުވެފައެވެ.

އަލިފުއްޓަކީ 2700 މީހުންގެ އާބަދީއެއް އޮންނަ ރަށެކެވެ. އެރަށުގެ ބޮޑުމިނަކީ، ދިގުމިނުގައި 950 ކިލޯ މީޓަރު އަދި ފުޅާމިނުގައި 750 ކިލޯމީޓަރެވެ.