އިދިކޮޅު ލީޑަރު، ރައީސް ޔާމީންގެ ގެކޮޅުގައި ދަމާފައި ހުރި ”އިންޑިއާ އައުޓް“ ބެނާ ފުލުހުން ވަދެ ގެންދިއުމުގައި އަމަލު ކުރި ގޮތް ގޯސް ކަމަށާއި އެމައްސަލައިގައި ކްރިމިނަލް ކޯޓުން ނެރުނު އަމުރު ވެސް ގޯސް ކަމަށް ހައިކޯޓުން ހުކުމް ކުރުމުން ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު އެ ހުކުމަށް ފާޑުވިދާޅުވެއްޖެއެވެ.

Ads by Asuru

ރައީސް ނަޝީދު ހައިކޯޓުގެ ހުކުމަށް ފާޑު ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައެވެ. އެގޮތުން އެމަނިކުފާނު ވިދާޅުވީ، ފުލުހުން އިންޑިއާ އައުޓް ބެނާތައް ނަގަން ކްރިމިނަލް ކޯޓުގެ އަމުރަކަށް އެދިފައިވަނީ ހަކަމެއް ފާހަގަކޮށްފައި ކަމަށެވެ.

އެހެން ނަމަވެސް ހައިކޯޓުން އެމައްސަލަ ހުކުމް ކުރީ އެ ބެނާ ހެކީގެ ގޮތުގައި ބޭނުން ކުރެވިދާނެ ކަމަށް ފުލުހުން ބުނި ނުކުތާ އެކަނި ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ، ހައިކޯޓުގެ ނިންމުމަށް ބެލުމުން އެނގޭ އެއްކަމަކީ ކްރިމިނަލް ކޯޓުގައި އަމުރެއް ނެރެދިނުމަށް ފުލުހުން އެދިފައިވާ ސަބަބުތައް ހައިކޯޓަށް އެންމެ ރަނގަޅަށް ސާފުވެފައި ނެތްކަން ކަމަށެވެ. އަދި  ކްރިމިނަލް ކޯޓުގައި ފުލުހުން އަމަލު ކުރަން އެދިފައި ވަނީ އެންމެ ސަބަބެއްގެ މައްޗަށް ނޫން ކަމަށްވެސް ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ގެކޮޅުގައި ދަމާފައި ހުރި އިންޑިއާ އައުޓް ބެނާ

ކްރިމިނަލް ކޯޓުގެ އަމުރު ބާތިލްކޮށް ހައި ކޯޓުން މިއަދު ކުރި ހުކުމުގައި ވަނީ, އާންމު މަސްލަހަތައް ގެއްލުންވާ ފަދަ އަމަލެއްގެ ތުހުމަތުގައި ކްރިމިނަލް ކޯޓުން އަމުރު ނެރުނު ނަމަވެސް އެ އަމަލެއް ފުލުހުންނަށް ދެއްކިފައި ނުވާ ކަމަށެވެ.

ހައި ކޯޓުގެ ހުކުމުގައި ބުނެފައިވަނީ, ބޭނާ ހަރުކުރުމަކީ ކުށެއް ކަމަށް ބުނި ނަމަވެސް އެ ބެނާ ނެގުމަށް ޔާމީނާށް ފުލުހުން ކުރިން އެންގި ސަބަބު އެނގެން ނެތް ކަމަށެވެ.

އަދި ކޯޓު އަމުރުގައި, ހެކިތަކެއް ހޯދުމަށް ފުލުހުން އެދިފައި ހުރި ނަމަވެސް ދޫވެހިގެއިން ހަމައެކަނި ގެންގޮސްފައިވަނީ ބެނާކަން އެނގެން އޮންނަ ކަމަށްވެސް އެ އަމުރުގައިވެއެވެ.

ހ. ދޫވެއްސައް ވަނުމަށް ފުލުހުންގެ އެދުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރު, ބާތިލްކޮށްދިނުމަށް އެދި ހައި ކޯޓަށް ހުށަހެޅުއްވީ ރައީސް ޔާމީނެވެ.

”އިންޑިއާ އައުޓް“ ހަރަކާތް ހުއްޓުވުމަށް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ގަރާރެއް ނެރުއްވިއިރު، އިންޑިއާއާ ދެކޮޅަށް ޝުއޫރު ފާޅުކުރާ މީހުން ހައްޔަރު ކުރުމުގެ އިތުރުން، ”އިންޑިއާ އައުޓް“ ލިޔެފައިވާ ބެނާތައް ފުލުހުން ދަނީ ހައްޔަރު ކުރުމުންނެވެ.