ރާއްޖޭގެ ބައެއް ރަށްތަކަށް މިއަދު އުދަ އެރުން އެކަށީގެންވާ ކަމަށް މޫސުމާ ބެހޭ އިދާރާ އިން ބުނެފިއެވެ.

Ads by Asuru

ހަވީރު 6:00 އާ ހަމައަށް ނެރެފައިވާ މޫސުމާ ބެހޭ ރިޕޯޓްގައިވާ ގޮތުން މިއަދު އުދަ އަރައިފާނެ ކަމަށް ބެލެވެނީ ދެކުނާއި މެދުރާއްޖެ ތެރޭގެ ރަށްތަކަށެވެ.

ބައެއް ރަށްތަކަށް އުދައެރުން އެކަށީގެންވާ ކަމަށް ލަފާކޮށްފައި އޮތަސް އެންމެ އުތުރުގެ އަތޮޅުތަކަށް މޫސުން ރަނގަޅުވާނެއެވެ. އެކަމަކު އެހެން ހިސާބުތަކަށް ވިއްސާރަވުމާ އެކީ ގުގުރުން އެކަށީގެންވެއެވެ.